މަޤާމު:
|
ޕާޓް-ޓައިމް ލެކްޗަރަރ
|
މުސާރަ:
|
- 50 – 60 މިނެޓުގެ ލެކްޗަރ / ޓިއުޓޯރިއަލް ގަޑިއަކަށް އުޖޫރަ ދެވޭނީ އެބޭފުޅަކު ކިޔަވައިދެއްވާ ލެވަލަށް ތިރީގައި އެވާ ގޮތަށެވެ.
- ސެޓުފިކެޓު ލެވެލް 5 ސެޓުފިކެޓު ލެވެލް 6 އަށް 225 ރުފިޔާ.
- ސެޓުފިކެޓު ލެވެލް 7 ސެޓުފިކެޓު ލެވެލް 8 އަށް 275 ރުފިޔާ.
- ސެޓުފިކެޓު ލެވެލް 9 ސެޓުފިކެޓު ލެވެލް 10 އަށް 500 ރުފިޔާ.
- މާރކް ކުރާ ކިލާސް ޓެސްޓު ޕޭޕަރަކަށް 15/- ރުފިޔާ
- ފަހު އިމްތިޙާން ކަރުދާސް އަދި އެސައިމަންޓަކަށް 35/- ރުފިޔާ
|
މަޤާމުގެ ޝަރުޠުތައް:
|
- ޑިޕްލޮމާ ކޯހެއް ނަމަ ގުޅޭ ދާއިރާއަކުން އެސޯސިއޭޓް ޑިގްރީ ހާސިލްކޮށްފައިވުން
ނުވަތަ
-ގުޅޭ ދާއިރާއާކުން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
- އެސޯސިއޭޓް ޑިގްރީ ކޯހެއް ނަމަ ގުޅޭ ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުން
ނުވަތަ
-ގުޅޭ ދާއިރާއާކުން އެސޯސިއޭޓް ޑިގްރީ ހާސިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
- ބެޗްލަރސް ޑިގްރީ ކޯހެއް ނަމަ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން
ނުވަތަ
-ގުޅޭ ދާއިރާއަކުން ބެޗެލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މާސްޓަރސް ކޯހެއް ނަމަ ގުޅޭ ދާއިރާއަކުން ޕީ.އެޗް.ޑީ ހާސިލްކޮށްފައިވުން
ނުވަތަ
-ގުޅޭ ދާއިރާއަކުން މާސްޓަރސް ހާސިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޓޭބަލް ކުރެވޭ ގަޑިއާއި، ބަދަލުގައި ނަގަންޖެހޭ ގަޑިތައް، ވަރކްލޯޑް ޕޮލިސީއާއި އެއްގޮތަށް ނެގުން.
- ޓިއުޓޯރިއަލް އާއި އަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވަރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި، ކްލިނިކަލް ސެޝަންތައް ހިންގުން.
- ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުޤައްރަރާއި އެއްގޮތަށް، ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ، ކޯސް ނިމުނު ގޮތުގެ މައުލޫމާތު މެނޭޖްމަންޓަށް ދިނުމާއި، އެސައިންމެންޓާއި އިމްތިޙާން ކަރުދާސްތައް ހަދައި، މާކްސްތައް ތައްޔާރުކުރުން.
- ކޮންމެ ދަރިވަރެއްގެ ޕްރޮގްރެސް އާއި ޕަރފޯރމަންސް މޮނިޓަރކޮށް، މެނޭޖްމަންޓަށް މަޢުލޫމާތު ދިނުން.
- އައު މުޤައްރަރުތައް ފަރުމާކުރުމާއި، ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން.
- މާއްދާތަކުގެ އިމްތިހާން ކަރުދާސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އިމްތިހާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތަށް މާކުކޮށް ނިންމުން.
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:
|
- ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.
- އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
- ium.to/poolkem
- ޕޫލްގައި ރަޖިސްޓްރީ ވުމަށް އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
|
އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:
|
- 18 ޖުލައި 2024 ވަނަ ދުވަހުގެ 23:59 އަށް
|
ނޯޓު
|
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3022160 ނަންބަރު ފޯނާއެވެ.
- ޕާޓް-ޓައިމް ލެކްޗަރަރުން ވަޒީފާއަށް ހޮވޭ ދުވަހުން ފެށިގެން މަސައްކަތުގެ ފެންވަރު ބެލެމުން ދާނެއެވެ. އަދި، އެދެވޭ ގޮތުގައި މަސައްކަތް ކުރިއަށް ނުގެންދެވޭނަމަ، ވަޒީފާއިން ވަކި ކުރުމުގެ އިޚްތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|