ދެންނެވުން
ނަންބަރު: F8C-A/2024/10
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 16:23
ސުންގަޑި: 11 ޖުލައި 2024 12:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ މަގުމަތި ވަށާފާރާއި، ޢިމާރާތުގެ ޕޯޓިކޯއާއި، ބެޑުތަކުގައި ކުލަލުމާއި، ކޯޓުގެ ޢިމާތާރާތުގައި ހަރުކޮށްފައިހުރި ދޮރާއި، ދޮރުފަތް މަރާމާތުކުރުމަށް ބޭނުންވެއްޖެއެވެ.

             ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2024 ޖުލައި 11 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، މަސައްކަތުގެ އަގުގެ އިތުރުން މަސައްކަތްކޮށް ނިންމޭނެ މުއްދަތު ހިމަނުއްވަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ހުށަހަޅާ ފަރާތުގެ ނަން ހިމަނުއްވައި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ހުށަހަޅާ ސިޓީއުރަތައް ކެނޑޭނީ މަތީގައި ދަންނަވާފައިވާ ގަޑިއަށް މިކޯޓަށް ޙާޟިރުވާ ފަރާތްތަކުގެ އެއްޙާޟިރުގައެވެ.

    03 މުޙައްރަމް 1446

    09  ޖުލައި  2024

09 ޖުލައި 2024