ނީލަން
ނަންބަރު: 113-CCD/I-2015/60
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2015
ޕަބްލިޝްކުރި ގަޑި: 17:46
ސުންގަޑި: 28 މޭ 2015 14:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ވިޔަފާރި ބަނދަރުގައި ނުގެންދަވައި ގިނަދުވަހު ބަހައްޓާފައިވާ މުދާތައް ނީލަމުގައި ވިއްކާލުމަށް

ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންދަވައި ގިނަދުވަހު ބަހައްޓާފައިވާ މިދަންނަވާ މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.

  1. މުދަލުގެ އަދަދާއި ބާވަތް: ( ތަފުސީލު އެޓޭޗް ލިސްޓްގައި )
  2. ނީލަން ކިއުން އޮންނަ ތަން: ސަރވިސް ބިލްޑިންގ ގެ މީޓިންގ ރޫމް-2 ގައި
  3. ނީލަން ކިޔަން ފެށުން: 28 މޭ 2015 ވާ ބުރާސްފަތި ދުވަހު ހަވީރު 04:00 ން ފެށިގެން.
  4. ނީލަމުގައި ބައިވެރިވުން: މިނީލަމުގައި ބައިވެރިވެވޭނީ 28 މޭ 2015 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 02:30 ގެ ކުރިން މިކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާޓްމެންޓްގައި ނަން ނޯޓްކުރާ ފަރާތްތަކަށެވެ. ނަން ނޯޓް ކުރައްވާއިރު އައިޑީ ކާޑް ފަދަ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެ އެވެ.
  5. ނީލަން ކިޔާ މުދާ ބެލުން: 27 މޭ 2015 ވާ ބުދަ ދުވަހު އަދި 28 މޭ 2015 ވާ ބުރާސްފަތި ދުވަހު ހެނދުނު 09:00 ން 11:00 އަށް
  6. ފައިސާ ދެއްކުމާއި މުދާ ގެންދިއުން:
  • ކަސްޓަމްސް ކްލިއަރެންސް ހަމަޖެއްސުމާއި ކަސްޓަމްސް ޑިއުޓީ ދައްކާނީ މުދާ ނީލަމުން ނެގި ފަރާތަކުންނެވެ. އަދި މުދާ ކްލިއަރ ކުރަން ބޭނުންވާ ވަސީލަތްތައް މިކުންފުނިން ފޯރުކޮށް ދެވޭނެއެވެ.
  • ނީލަން ނިމޭނީ އެންމެ މަތީ އަގެއް ހުށަހަޅައި، ކަނޑައެޅިފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ އެވަގުތު ބެހެއްޓި ފަރާތަކަށެވެ. ޑިޕޮޒިޓް ފައިސާ ނުބަހައްޓާނަމަ، ފައިސާ ނުބެހެއްޓި މީހާ ނުހިމަނައި އެމުދަލެއްގެ ނީލަން ކުރިއަށް ގެންދެވޭނެއެވެ.

ނީލަން ނިމޭ އަގު

ސެކިއުރިޓީ ޑިޕޮޒިޓް ބަހައްޓަންވާ މިންވަރު

500.00

ރ

އާ ހަމައަށް އަގުގެ

100%

1,000.00 – 501.00

ރ

އާ ހަމައަށް އަގުގެ

25%

10,000.00 – 1,001.00

ރ

އާ ހަމައަށް އަގުގެ

15%

10,001.00

ރ

އިން ފެށިގެން މައްޗަށް އަގުގެ

10%

  • ލަސްވެގެން ނީލަން ނިމޭ ދުވަހާއި ޖެހިގެން އަންނަ ދުވަހު ނީލަމުން މުދާ ނެގި ފަރާތުން "އޮކްޝަން ކާގޯ ޑެލިވަރީ އޯޑަރ" އާއި ހަވާލުވާން ވާނެއެވެ.
  • ޖީއެސްޓީ ގޮތުގައި %6 ނީލަން ނިމޭ އަގުން ނެގޭނެއެވެ.   
  • މުދާ ދޫކުރެވޭނީ މިކުންފުންޏަށާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ފައިސާ ދެއްކެވުމަށްފަހު ޑެލިވަރީ އޯޑަރ މިކުންފުންޏަށް ހުށަހެޅުއްވުމުންނެވެ. މިކުންފުންޏަށް ފައިސާ ދައްކަވާނީ ނީލަން ނިމުނު އަގުން ސެކިއުރިޓީ ޑިޕޮޒިޓް ކެނޑުމަށްފަހު ބާކީވާ ވަރަކަށެވެ.
  • ނީލަން ނިމި، ޑެލިވަރީ އޯޑަރ ދޫކުރެވޭތާ 10 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކަވައިފިނަމަ ނީލަން ބާޠިލު ކުރެވޭނެއެވެ. އަދި ނީލަން ނެގި ފަރާތަށް މިކުންފުނިން ބާއްވާ ނީލަމެއްގައި ބައިވެރިވެވޭނީ ނީލަން ބާތިލުވާ ތާރީޚުން ފެށިގެން 90 ދުވަސް ފަހުންނެވެ.
  • ނީލަމުން ނަގާ މުދަލަށް ސްޓޯރޭޖް ޗާޖް ނަގާނީ މިކުންފުނީގެ ސްޓޯރޭޖް ފީ އާއި ބެހޭ ޤަވާއިދުގެ މަތިންނެވެ.
  • ފައިސާ ދެއްކުމަށްފަހު މުދާ ނުގެންގޮސް ހުއްޓާ ސްޓޯރޭޖް ފައިސާގެ އަދަދު މުދަލުގެ އަގަށް ދެއްކި ފައިސާ އާއި އެއްވަރުވުމުން ނުވަތަ އެއަށްވުރެ އިތުރުވުމުން ނީލަން ބާޠިލުވާނެއެވެ. އަދި ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ ރިފަންޑް ނުކުރެވޭނެއެވެ.

ނީލަމާބެހޭ މައުލޫމާތު މިކުންފުނީގެ ވެބްސައިޓުން(www.port.com.mv) ލިބިވަޑައިގަންނަވާނެއެވެ.

03 ޝަޢުބާން 1436

21 މޭ 2015