ބީލަން
ނަންބަރު: (IUL)286-MP/286/2024/75
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 17 ޖުލައި 2024 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫން ސިނާއީ މަސައްކަތްތަކަށް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލުމާއި ގުޅޭ

ނ. ކެނދިކުޅުދޫގައި ކުދި އޮޑިދޯނިފަހަރާއި ޑިންގީ ބަނދެ، މަރާމާތުކުރުމަށާއި މެކޭނިކަލް ވޯރކްޝޮޕް ހިންގުމަށް، ނ. ކެނދިކުޅުދޫ، ކުޅުދޫ، ނާސިޔާމަގުގެ އުތުރުންނާއި ދެކުނުން 4 ބިން އަދި ނ. ކެނދިކުޅުދޫ، ކެނދިކޮޅު މައިޒާންހިނގުމާއި ނޫރާނީ ހިނގުމާ ދެމެދުން 3 ބިމެއް 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ހުޅުވާލަމެވެ.  ވީމާ މިދެންނެވި ސަރަޙައްދުތަކުގައި ސިނާއީ މަސައްކަތްތައް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

މި އިޢުލާނަށް ބީލަން ހުށަހެޅޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ބިމުގެ ތަފްޞީލް:

ބިމުގެ ބޮޑުމިން

ކުއްޔަށްދޭ ބޭނުން

ބިމުގެ ނަން / ބިން އޮތްތަން

ބިމުގެ ނަންބަރ

#

3000 އަކަފޫޓު

ސިނާއީ މަސައްކަތަށް

ކެނދިކުޅުދޫ ކުޅުދޫ ނާސިޔާ މަގުގެ އުތުރު

286-IND 02

1

3000 އަކަފޫޓު

ސިނާއީ މަސައްކަތަށް

ކެނދިކުޅުދޫ ކުޅުދޫ ނާސިޔާ މަގުގެ އުތުރު

286-IND 03

2

2500 އަކަފޫޓު

ސިނާއީ މަސައްކަތަށް

ކެނދިކުޅުދޫ ކުޅުދޫ ނާސިޔާ މަގުގެ ދެކުނު

286-IND 04

3

2500 އަކަފޫޓު

ސިނާއީ މަސައްކަތަށް

ކެނދިކުޅުދޫ ކުޅުދޫ ނާސިޔާ މަގުގެ ދެކުނު

286-IND 05

4

2500 އަކަފޫޓު

ސިނާއީ މަސައްކަތަށް

ކެނދިކުޅުދޫ ކެނދިކޮޅު މައިޒާން ހިނގުމާއި ނޫރާނީ ހިނގުމުގެ ދެމެދުން  މަސްވެރިހިނގުމުގެ ހުޅަނގު

286-IND 06

5

2500 އަކަފޫޓު

ސިނާއީ މަސައްކަތަށް

ކެނދިކުޅުދޫ ކެނދިކޮޅު މައިޒާން ހިނގުމާއި ނޫރާނީ ހިނގުމުގެ ދެމެދުން  މަސްވެރިހިނގުމުގެ ހުޅަނގު

286-IND 07

6

8000 އަކަފޫޓު

ސިނާއީ މަސައްކަތަށް

ކެނދިކުޅުދޫ ކެނދިކޮޅު މައިޒާން ހިނގުމުގެ އުތުރުން މަސްވެރިހިނގުމުގެ ހުޅަނގު

286-IND 08

7

 

ބިމުގެ ސަރަހައްދު އަނގައިދޭ ޗާޓު މި އިޢުލާނާއެކު ގެޒެޓުކޮށްފައިވާނެއެވެ.

 

 

ނަން ނޯޓް ކުރުން/ ރަޖިސްޓްރޭޝަން

  • ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން،  15 ޖުލައި 2024 ވާ ހޯމަ ދުވަހު  14:00ގެ ކުރިން ތިރީގައިވާ ލިންކުގައި ތައްޔާރުކުރެވިފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރަންވާނެއެވެ.  ބިޑުގައި ރަޖިސްޓަރީވާ ފަރާތްތައް ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ބިޑު ހުށައެއްނޭޅޭނެއެވެ.
  • https://forms.office.com/r/x4PHqU3Fkk
  • މިބިންތައް ޚާއްސަ ކުރެވިފައިވަނީ ކުދި އޮޑިދޯނިފަހަރާއި ޑިންގީ ބަނުމަށާއި މަރާމާތުކުރުން އަދި މެކޭނިކަލް ވޯރކްޝޮޕް ހިންގުމަށެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ  17 ޖުލައި 2024 ވާ ބުދަ ދުވަހުގެ 13:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑް / ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  • ބިޑުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑުހުށައަޅަން ވަޑައިގަންނަވާ ފަރާތްތަކަށް ބިޑު ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
  • ސިނާއީ ބިންތަކުގެ ބިމުކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް -/0.60 (ފަސްދޮޅަސް ލާރި) އެވެ.
  • ބީލަން ހުށަހަޅާ ފަރާތަށް ހުށަހެޅޭނީ 1 (އެކެއް) ޕްރޮޕޯސަލެވެ. އެއް ޕްރޮޕޯސަލަށްވުރެ ގިނަ ޕްރޮޕޯސަލް އެއް ފަރާތަކުން ހުށަހަޅައިފިނަމަ، އެފަރާތަކުން ހުށަހަޅާ ހުރިހައި ޕްރޮޕޯސަލެއް ބާޠިލް ކުރެވޭނެއެވެ. މީގެ ތެރޭގައި އެހެން ފަރާތަކުން ހުށަހަޅާ ޕްރޮޕޯސަލެއްގައި ބައިވެރިވުންވެސް ހިމެނޭނެއެވެ.

އިތުރު މަޢުލޫމާތު:

  • އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ  އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

-          ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

-          ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،

-          ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި)

-          އީމެއިލް: [email protected]

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

03  މުޙައްރަމް   1446

09   ޖުލައި    2024

09 ޖުލައި 2024