މަސައްކަތް
ނަންބަރު: (IUL)413/413/2024/23
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 11 ޖުލައި 2024 13:00
ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގެ އިޙްތިޞާސް ތެރޭގައި ހިމެނޭ ރަށެއް ކަމުގައިވާ ގއ.ބިހުރެހާ ގައި ދިގަށާއި ހުރަހަށް މަގެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިއުލާން

                                              ނަންބަރ:(IUL)413/413/2024/23

މިރަށުގެ އިޙްތިޞާސް ތެރޭގައި ހިމެނޭ ރަށެއް ކަމުގައިވާ ގއ.ބިހުރެހާ ގައި ދިގަށާއި ހުރަހަށް މަގެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

         މިރަށުގެ އިޙްތިޞާސް ތެރޭގައި ހިމެނޭ ރަށެއް ކަމުގައިވާ ގއ.ބިހުރެހާ ގައި ދިގަށާއި ހުރަހަށް މިކައުންސިލުން އަންގާ ގޮތެއްގެ މަތިން މަގެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން

       މިބީލަމާއި ގުޅިގެން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 11 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ގެމަނަފުށީ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. މިމައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

 

ބީލަން ބަލައިގަތުން އަދި ހުޅުވުން

      ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ އަދި ބީލަންތައް ހުޅުވުން އޮންނާނީ 15 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 13:00 ގައި ގެމަނަފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި، ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔުންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު

     މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6822010 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                       8 ޖުލައި 2024

 

                                                                 އިބްރާހީމް ނާޝިދު

                                                                ކައުންސިލްގެ ރައީސް

08 ޖުލައި 2024