ދެންނެވުން
ނަންބަރު: (IUL)425-CB/1/2024/217
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 12:49
ސުންގަޑި: 18 ޖުލައި 2024 20:45
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ( 7/2010 ) ގެ 107ވަނަ މާއްދާގެ ދަށުން ރައްޔިތުންނާ ބައްދަލުކުރުން.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުންހިންގުމުގެ ޤާނޫނު ( ޤާނޫނު 7/2010 )  107 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރަކު ބާއްވަން ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން މި އަހަރުގެ ދެވަނަ ބައްދަލުވުން 18 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:45 ގައި ލޮނުޒިޔާރަތް ޕާކުގައި ބޭއްވުމަށްވަނީ ނިންމާފައެވެ.

ވީމާ، މި ބައްދަލުވުމަށް މާލެސިޓީގެ ރައްޔިތުންނަށް ދަޢުވަތު އަރުވައި، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

09 ޖުލައި 2024