ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)318-HR/318/2024/43
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 11:22
ސުންގަޑި: 20 ޖުލައި 2024 23:59
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ދަރަވަންދޫ ބިންހިމަގޭގެ އިރުމަތީ ފަރާތުގައި އޮތް މުނިސިޕަލް ގޯޅި ސާފުކުރުން

ބ. ދަރަވަންދޫ ބިންހިމަގޭގެ އިރުމަތީ ފަރާތުގައި އޮތް 4 ފޫޓު ފުޅާ މުނިސިޕަލް ގޯޅީގައި އެއްވެސް ފަރާތެއްގެ އެއްވެސް އެއްޗެއް އޮތްނަމަ ނުވަތަ ހުރިނަމަ 2024 ޖުލައި 20 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ނަގާ ސާފުކުރުމަށް ދަންނަވަމެވެ. އަދި 2024 ޖުލައި 20 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ގޯޅީގައި އެއްވެސް އެއްޗެއް އޮތްނަމަ ނުވަތަ ހުރިނަމަ އެއްއެއްޗަކީ ވެރިއަކު ނެތް އެއްޗެއް ކަމަށްބަލައި އެ އެއްޗެއް ކައުންސިލުން ނައްތާލާނެވާހަކަ ދަންނަވަމެވެ.

09 ޖުލައި 2024