ޢާންމު މަޢުލޫމާތު
ނަންބަރު: 263/263/2024/37
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 10:11
ސުންގަޑި: 10 ޖުލައި 2024 12:00
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރި ޓްރެއިނިންގ ޕްރޮގުރާމް ގައި ބައިވެރިވުމުގެ ފުރުސަތު ހުލުވާލުން

ދަނޑުވެރިންނާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އަދި ހދ. އަތޮޅު ކައުންސިލް ގުޅިގެން ހދ. އަތޮޅުގެ ހުރިހާ ރަށެއްގެ ދަނޑުވެރިންނަށް އަމާޒުކޮށްގެން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި 7 ދުވަހުގެ ތަމްރީން ޕްރޮގުރާމެއް ބޭއްވުމަށް ހަމަޖެހިފައެވެ. މި ތަމްރީން ޕްރޮގުރާމް ކުރިއަށްދާނީ 2024 އޮގަސްޓު 18 އިން 2024 އޮގަސްޓު 24 އާއި ދެމެދުއެވެ.

މި ތަމްރީން ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުސަތު މިރަށުގެ 2 ފަރާތަކަށް ލިބިފައިވާތީ ، މިޕްރޮގުރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 ޖުލައި 10 ވަނަ ދުވަހުގެ 12:00ގެ ކުރިން ކައުންސިލް އިދާރާއަށް ގުޅުއްވާ ނުވަތަ ދުރުވެ ނަންނޯޓު ކުރެއްވުން އެދެމެވެ. 2 ފަރާތަށްވުރެ ގިނަ ފަރާތުން ނަން ނޯޓުކޮށްފައިވާނަމަ 2 ބައިވެރިން ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

މި ތަމްރީން ޕްރޮގުރާމާއި ގުޅުން ހުރި ހުރިހާ ހަރަދެއް ( ދަތުރު، ކެއުން، ހުރުން ) އިންތިޒާމްތައް  ކުރިއަށް ގެންދާނީ ދަނޑުވެރިންނާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އަދި ހދ. އަތޮޅު ކައުންސިލުންނެވެ.

ވީމާ، މިޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަމެވެ.

09 ޖުލައި 2024