ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)88-IIHR/88/2015/10
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2015
ޕަބްލިޝްކުރި ގަޑި: 15:03
ސުންގަޑި: 07 ޖޫން 2015 12:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީގެ އެހީތެރިކަމާއެކު މިމިނިސްޓްރީއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ކުރިއަށް ގެންދާ "އިންކްރީސިންގ ކްލައިމެޓް ޗޭންޖް ރިސީލިއަންސް އޮފް މޯލްޑިވްސް ތްރޫ އެޑެޕްޓޭޝަން އިން ދަ ޓޫރިޒަމް ސެކްޓަރ- TAP -" ޕްރޮޖެކްޓަށް ތިރީގައި މިދަންނަވާ މަޤާމުތަކަށް ބޭފުޅުން ހޯދަން ބޭނުންވެއެވެ.

  • ޕްރޮޖެކްޓް އެސިސްޓަންޓް
  • ކޮމިއުނިކޭޝަން އެންޑް ސްޓޭކްހޯލްޑަރ ރިލޭޝަންސް އޮފިސަރ

މިމަޤާމަށް ހޮވޭ ފަރާތަކުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ފުލްޓައިމް މުއައްޒަފެއްގެ ގޮތުގައި 08 މަސް ދުވަހުގެ މުއްދަތަށެވެ. އަދި މިމަޤާމަށް މީހުން ހޮވުމުގައި މިފަދަ މަސައްކަތް ކޮށް ތަޖުރިބާ ލިބިފައިވާ ބޭފުޅުންނަށް އިސްކަން ދެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިމަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިޕްރޮޖެކްޓާބެހޭ މަޢުލޫމާތާއި، މަޤާމުގެ މަސްއޫލިއްޔަތު އަދި ޝަރުޠުތައް ހިމެނޭ ޓީ.އޯ.އާރް މިނިސްޓްރީގެ ވެބްސައިޓްއިން ނުވަތަ މި އޮފީހަށް ދުރުވެ ސާފުކުރެއްވުމަށްފަހު، ޖޫން 7 2015 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު ވަނަވަރު މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް ޓޫރިޒަމް

ހ. ވެލާނާގެ، 5 ވަނަ ފަންގިފިލާ

އަމީރުއަހުމަދުމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 3022200، ފެކްސް 2512 332

އީ-މެއިލް:[email protected]

ވެބްސައިޓް:www.tourism.gov.mv

19 މޭ 2015