ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2024/068
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 08:14
ސުންގަޑި: 15 ނޮވެންބަރު 2024 00:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ކުޑަފަރީން ދިރިއުޅުމަށްޓަކައި ދޫކޮއްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ހެއްދުމަށް ހުޅުވާލުން

ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގަވާއިދުގެ ދަށުން މޯލްޑިވްސް ލޭންޑް ޔޫސް އެންޑް ސާރވޭ އޮތޯރިޓީގެ ނަންބަރު  471-DNPS2/288/2022/17 ސިޓީއިން މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިޚްތިޞާޞް ގައި ހިމެނޭ ބިމުގެ ސަރަޙައްދުން ދިރިއުޅުމަށްޓަކައި1350  (އެއް ހާސް ތިން ސަތޭކަ ފަންސާސް) އަކަފޫޓުގެ 20 (ވިހި) ގޯތި ވާނީ މި އިދާރާގެ ނަންބަރު (I)288/2023/125އިއުލާނުން ދޫކޮށް 2023 ނޮވެންބަރު 15 ވީ ދުވަހު ގޯތި ހަވާލުކުރެވިފައެވެ.

      ގަވާއިދު ނަންބަރު 2016/R-88 ބަންޑާރާ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީކުރުމާބެހޭ ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތީން ދިރިއުޅުމަށް ގޯތިދޫކުރާ ތާރީޙުން ފެށިގެން 1 އަހަރުދުވަހުގެ ތެރޭގައި މި ގަވާއިދުގެ 6 މާއްދައިގައިވާ ކަންކަން ފުރިހަމަ ކުރުމަށްފަހު، މި ގަވާއިދުގެ 7 ވަނަ މާއްދައިގައި ބަޔާންކޮއްފައިވާ ގޮތުގެ މަތިން ގޯތީގެ ރަޖިސްޓްރީ ހެދުމަށް 2024 ނޮވެންބަރު 15 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ހުޅުވާލަމެވެ. އަދި ދެންނެވިފައިވާ ގަވާއިދުގެ 9 ވަނަ މާއްދައިގެ (ހ) ގައި ވާ ގޮތުގެމަތީން ގޯތި ދޫކުރާތާ 5 އަހަރުދުވަހުގެ ތެރޭގައި ގޯތީގައި ދިރިއުޅެވޭ ފެންވަރަށް އިމާރާތްކުރުމަށްފަހު، އިމާރާތް ރަޖިސްޓްރީކުރަންވާނެއެވެ. އަދި ދެވިފައިވާ 5 އަހަރުގެ ތެރޭގައި ދިރިއުޅެން ފެށިފައި ނުވާނަމަ ނ. ކުޑަފަރިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު 2023 އަދި ގޯއްޗައް އެދި ހުށަހަޅާފައިވާ ފޯމުގައި ވެވިފައިވާ އިގުރާރާ އެއްގޮތްވާގޮތުގެ މަތީން އަމަލުކުރާނެވާހަކަ އަންގާ އިއުލާން ކުރީމެވެ.

ރަޖިސްޓްރީވުމަށް އެދި ހުށައަޅާ ފޯމް ރަސްމީ ކޮންމެ ދުވަހަކު ކައުންސިލް ހުޅުވައިފައި ހުންނަ ގަޑިތަކުގައި ކައުންސިލްގެ ކައުންޓަރުން އަދި ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އިއުލާނާއި އެކު ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް އަދި ނ.ކުޑަފަރީން ދިރިއުޅުމަށް ދޫކޮއްފައިވާ ގޯތި ގެދޮރުގެ ކަންމުޑިއެޅުމުގެ އުސޫލު އާންމުކުރީމެވެ.

އުސޫލު ލިންކް: https://shorturl.at/W5dGD

09 ޖުލައި 2024