މަސައްކަތް
ނަންބަރު: (IUL)369-PS/369/2024/29
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 16:58
ސުންގަޑި: 17 ޖުލައި 2024 13:30
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތް : ވެލިފުރާނާ އަލުން އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

މަސައްކަތް : ވެލިފުރާނާ އަލުން އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

މިކައުންސިލުން ދޭ މައުލޫމާތާއި ކުޅިވަރު ބިމާ އިންވެގެންވާ މ.މަޑުއްވަރީ ޤަބުރުސްތާނުގެ ފާރު ( ޤަބުރުސްތާން ދެކުނު ފާރު )އިން  ފެށިގެން އެތެރެއަށް 32 ފޫޓް ފުޅާ  72 ފޫޓް ދިގު ސަރަހައްދެއް ވިނަނޮޅައި ސާފުކޮށް ފެން ޖެހޭ މިންވަރަށް (އާންމުގޮތެއްގައި 3 ފޫޓް ފުންމިން) ކޮނެ ވެލި ފުރޭނުމަށް ފަހު އަލުން އެތަނަށް ފަސްއަޅައިދީ ލެވެލްކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވެލި ފުރާނާއިރު ކަށި ފެނުނުނަމަ އެކަށިތައް ނަގައި ކައުންސިލުން ދޭ އިރުޝާދާއި އެއްގޮތަށް ޤަބުރުސްތާނުގެ އެހެން ސަރަހައްދެއްގައި ވަޅުލުމުގެ މަސައްކަތް ކޮށްދެއްވަންވާނެއެވެ. މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮއްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން ބީލަން ހުށަހެޅުމަށް ނަންނޯޓް ކޮށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ނަންނޯޓް ކުރުން:

މި ބީލަމާއި ގުޅިގެން ނަންނޯޓުކުރުމެއް ނޯންނާނެއެވެ.

މައުލޫމާތު ސާފުކުރުން:

މި ބީލަމާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.

ބިޑް ހުށަހެޅުން:

17 ޖުލައި 2024 ވާ ބުދަ ދުވަހުގެ 13:30

މ.މަޑުއްވަރީ ކައުންސިލްގެ އިދާރާގެ ދަސްވަނި މާލުގައެވެ.

މިހެންވެ، މިކަން ރައްޔިތުންގެ މަޢުލޫމާތައްޓަކައި ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

08 ޖުލައި 2024