ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)14-A3/1/2015/38
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2015
ޕަބްލިޝްކުރި ގަޑި: 14:58
ސުންގަޑި: 27 މޭ 2015 13:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކޮމްޕިއުޓަރާއި ކޮމްޕިއުޓަރާބެހޭ ބައެއް ސާމާނު ގަންނަން

މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް، މިއޮފީހަށް ކޮމްޕިއުޓަރާއި ކޮމްޕިއުޓަރާބެހޭ ބައެއް ސާމާނު ގަންނަން ބޭނުންވެގެން ކުރި ނަންބަރު IUL)14-A3/1/2015/23) އިޢުލާނާ ގުޅިގެން ވާރކްސްޓޭޝަން ސަޕްލައިކޮށްދިނުމަށް ހުށަހަޅާފައިވާ އަންދާސީހިސާބުގެ އަގު ބޮޑުކަމަށްވާތީ، ވާރކްސްޓޭޝަން ގަތުމަށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 27 މޭ 2015 ވާ ބުދަދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 01 ޖޫން 2015 ވާ ހޯމަ ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

29 ރަޖަބު 1436

18 މޭ 2015