މަސައްކަތް
ނަންބަރު: (IUL)369-PS/369/2024/28
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 16:40
ސުންގަޑި: 17 ޖުލައި 2024 13:00
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަބުރަސްތާނުގެ ދެކުނުކޮޅު ފާރު ތަޅާލާ ، ގަބުރަސްތާނުގެ އެތެރެއިން އަލުން ފާރު ރޭނުމުގެ މަސައްކަތްކޮށްދިނުން

މަސައްކަތް : ގަބުރަސްތާނުގެ ދެކުނުކޮޅު ފާރު ތަޅާލާ ، ގަބުރަސްތާނުގެ އެތެރެއިން އަލުން ފާރު ރޭނުމުގެ މަސައްކަތްކޮށްދިނުން

 މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ކުޅިވަރު ބިމާ އިންވެގެންވާ މ.މަޑުއްވަރީ ޤަބުރުސްތާނުގެ ފާރު (ޤަބުރުސްތާން ދެކުނު ފާރު) އިން 72 ފޫޓްގެ ބައެއް ތަޅާލައި ތަން ސާފުކުރުމަށްފަހު 6 ފޫޓް އުސްމިނުގައި 72 ފޫޓް ދިގު ފާރެއް އިރުން ހުޅަނގަށް އަދި 6 ފޫޓް އުސްމިނުގައި 32 ފޫޓް ދިގު ފާރެއް އުތުރުން ދެކުނަށް ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮއްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން ބީލަން ހުށަހެޅުމަށް ނަންނޯޓް ކޮށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ނަންނޯޓް ކުރުން:

މި ބީލަމާއި ގުޅިގެން ނަންނޯޓުކުރުމެއް ނޯންނާނެއެވެ.

މައުލޫމާތު ސާފުކުރުން:

މި ބީލަމާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.

ބިޑް ހުށަހެޅުން:

17 ޖުލައި 2024 ވާ ބުދަ ދުވަހުގެ 13:00

މ.މަޑުއްވަރީ ކައުންސިލްގެ އިދާރާގެ ދަސްވަނި މާލުގައެވެ.

       

މިހެންވެ، މިކަން ރައްޔިތުންގެ މަޢުލޫމާތައްޓަކައި ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

08 ޖުލައި 2024