ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2024/127
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 16:28
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުން

މި އިދާރާގެ އިމާރާތެއް ކަމުގައިވާ "ނޫގެ" އިމާރާތުގައި ހުރި ބައު ޓިނު އަދި ދަގަނޑު ސްޓްރަކްޗަރތަކެއް 21 ޖުލައި 2024 ވާ އާދީއްތަ ދުވަހު ހެނދުނު 00:09 ގައި ނީލަން ކިއުން އޮންނާނެއެވެ. މި ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމު އުޞޫލުންނެވެ. މިނީލަން ފެށޭއަގަކީ 20,000 ރުފިޔާއެވެ. އަދި އިތުރުކުރެވޭ އަގަކީ މަދުވެގެން 100 ރުފިޔާއެވެ. މިނީލަން ކާމިޔާބުކުރާ ފަރާތުން 21 ޖުލައި 2024 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ފައިސާ ދެއްކެވުން އެދެމެވެ. އަދި  ނީލަން ކާމިޔާބުކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިމާރާތުގެ ދަގަނޑު ސްޓްރަކްޗަރތައް ރޫޅާ ނީލަމުން ނެންގެވި ތަކެތި ގެންގޮސް، ތަޅުންގަނޑު އަދި ފައުންޑޭޝަން ނަގާ އިމާރާތް ހުރި ބިން ސާފުކުރަންވާނެއެވެ.

ނީލަން ކިޔުމުގެ ކުރިން ތަން ދެއްކުމާއި މަޢުލޫމާތު ސާފުކުރުން 10 ޖުލައި 2024 ގެ ހެނދުނު 09:00 އިން 10:00 އަށް މި އިމާރާތުގައި އޮންނާނެއެވެ.

               ވީމާ، މިނީލަމުގައި ވީހާ ގިނަ ފަރާތްތަކަކުން ބައިވެރިވެ ދެއްވުމަކީ މިއިދާރާގެ ނުހަނު ބޮޑު އެދުމަކަށްވާތީ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ

08 ޖުލައި 2024