ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)289/289/2024/44
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 30 އޮގަސްޓް 2024 01:00
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ރަޖިސްޓްރީ އެ އުޅަނދެއް ދުއްވާ ޒޯނަކަށް ބަދަލުކުރުމާއިބެހޭ :

އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދު ފަހަރު ދުއްވަންވާނީ އެ އުޅަނދެއްދުއްވާ ޒޯނަކަށް ރަޖިސްޓްރީ ބަދަލުކޮށްގެން ކަމަށްވާތީ މިރަށުގައި ދުއްވާ އެއްގަމާއި ކަނޑު އުޅަނދު ފަހަރު ދުއްވަންވާނީ އެ އުޅަނދެއްގެ ރަޖިސްޓްރީ މިޒޯނަށް ބަދަލުކޮށްގެން ކަމުގައި ދެންނެވީމެވެ. މިޒޯނަށް ބަދަލުނުކޮށް މިހާރު މިރަށުގައި ދުއްވާ ކަނޑު އުޅަނދު ފަހަރާއި އެއްގަމުގައި ދުއްވާ އެންމެހާ ވެހިކަލްތަކެއް ދުއްވަންވާނީ މި ދެންނެވި ގޮތަށް އެއުޅަނދެއްގެ ރަޖިސްޓްރީ މިޒޯނަށް ބަދަލުކުރުމަށްފަހުއެވެ. މިގޮތަށް ރަޖިސްޓްރީ ބަދަލުނުކޮށް މިހާރު ދުއްވާ ހުރިހާ އުޅަނދުފަހަރާއި ވެހިކަލްތަކާއި ސައިކަލްތަކުގެ ރަޖިސްޓްރީ 30 އޯގަސްޓް 2024 ގެ ނިޔަލަށް މިޒޯނަށް ބަދަލުކުރެއްވުމަށް ދެންނެވީމެވެ.

                  އަދި މިމުއްދަތުގެ ފަހުން ޒޯން ބަދަލުނުކޮށް މިރަށުގައި ދުއްވާ އެއްގަމާއި ކަނޑު އުޅަނދުތަކާއިމެދު ޤަވާއިދުން ފިޔަވަޅު އަޅަމުންދާނެ ވާހަކަވެސް ދެންނެވީމެވެ. މިކަމާ ގުޅިގެން އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށާއި އެހީތެރިކަން ބޭނުންވާ ފަރަތްތަކުން މިއިދާރާއަށް ދުރުވުމުން އެހީތެރިކަން ފޯރުކޮށްދެވޭނެކަމުގައި ދެންނެވީމެވެ.

08 ޖުލައި 2024