ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)320-ADHR/320/2024/69
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 19 ޖުލައި 2024 21:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު، ޤާނޫނު ނަމްބަރ: 2010/07 ގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުވަރީ މަހާއި، ޖުލައި މަހު ސިޓީކައުންސިލުންނާއި، ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންވާނެކަމަށް ލާޒިމްކޮށްފައިވެއެވެ.  މިގޮތުން ޖުލައިމަހުގައި ބާއްވާ އާއްމު ބައްދަލުވުމުގައި ވޭތުވެދިޔަ 6 މަސް ދުވަހުގެ ރިޕޯޓާއި، ކައުންސިލްގެ ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި، ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ޚިޔާލުހޯދަންވާނެކަން ބަޔާން ކޮށްފައިވެއެވެ. އެހެންކަމުން ޖުލައިމަހުގައި ބާއްވަންޖެހޭ ރައްޔިތުންގެ ބައްދަލުވުން 19 ޖުލައި 2024 ވާ (ހުކުރު) ދުވަހުގެރޭ 21:00 ގައި މަލްޓިޕަރޕަސް ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

                ވީމާ މިބައްދަލުވުމުގައި ވީހާ ގިނަބަޔަކު ބައިވެރިވެދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

 

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ޖުލައި 2024