ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)330-B/330/2024/45
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 14 ޖުލައި 2024 13:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގެ ބޭނުމަށް 80 ހޮޅި ދަނޑި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި އިދާރާގެ ބޭނުމަށް 80 ހޮޅި ދަނޑި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް 80 ހޮޅި ދަނޑި ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

  1. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  2. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން ސުންގަޑި އަކީ 11 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ފުރިހަމަކުރައްވާ، 100.00 ( ސަތޭކަ) ރުފިޔާގެ ދެއްކެވުމުން ބީލަމުގައި ރަޖިސްޓްރީ ކުރެވުނު ކަމުގެ ލިޔުން އެފަރާތަކަށް ހަވާލުކުރެވޭނެއެވެ.
  3. ބީލަން ހުށަހެޅުމާއި ބީލަން ކެނޑުން އޮންނާނީ 14 ޖުލައި 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގަ އެވެ.
  4. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  5. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 6641012 ނަމްބަރު ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.
08 ޖުލައި 2024