ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)264/PRIV/2024/48
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 09 ޖުލައި 2024 14:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ އަތޮޅުގެ ދަނޑުވެރިންނަށް އަމާޒުކޮށްގެން ހުޅުވާލެވޭ ޓްރެއިނިންގް ޕްރޮގްރާމާއި ގުޅޭ

ދަނޑުވެރިންނާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާ އަދި ހދ އަތޮޅުކައުންސިލް ގުޅިގެން، ހދ އަތޮޅުގެ ދަނޑުވެރިންނަށް ޚާއްސަކޮށްގެން، 18 އޮގަސްޓް 2024 އިން 24 އޮގަސްޓް 2024 އަށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ދަނޑުވެރިކަމުގެ ތަމްރިން ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ބައިވެރިންގެ ދަތުރުޚަރަދާއި،ހުރުމާއި،ކެއުމުގެ އިންތިޒާމްތައް ހަމަޖައްސާނީ ދަނޑުވެރިންނާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާ އަދި ހދ އަތޮޅުކައުންސިލުންނެވެ.

ވީމާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންފުޅުވާ މިރަށުގެ ދަނޑުވެރިން 09 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ވަޑައިގެން ނަންނޯޓު ކުރެއްވުމަށް  ނުވަތަ ކައުންސިލް މެމްބަރު މުޙައްމަދު މުސްޠަފާ ޙުސައިން – ފޯނު : 9757175 އަށް ނަމާއި އެޑްރެސް އަދި ފޯނުނަންބަރު އެނގޭނެހެން މެސެޖުކުރެއްވުމަށް ދަންނަވަމެވެ.

މި ޕްރޮގްރާމުގައި ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ 02 ފަރާތަށެވެ. އެ ދެފަރާތް ކަނޑައަޅާނީ ނަންނޯޓުކޮށްފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ޖުލައި 2024