މަޤާމު:
|
ޕްރޮޖެކްޓް މެނޭޖަރ
|
ބޭނުންވާ އަދަދު:
|
01
|
ވަޒީފާ އަދާކުރާ އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
މުސާރަ:
|
މަހަކު 12,687.50 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 5,437.50 ރުފިޔާ
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
މަހަކު 4,440.63 ރުފިޔާ
|
ޓެކްނިކަލް އެލަވަންސް:
|
މަހަކު 6,546.25 ރުފިޔާ
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް
|
ކޮންޓްރެކްޓްގެ މުއްދަތު:
|
1 އަހަރު
|
މަގާމުގެ ޝަރުތު:
|
- މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ހާސިލްކޮށްފައިވުން.
- މަސައްކަތާއި ގުޅޭ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ޕްރޮޖެކްޓް މެނޭޖްމަންޓް ޕްރޮފެޝަނަލް (ޕީ.އެމް.ޕީ) ސެޓިފިކޭޝަނެއް ލިބިފައިވުމަކީ އިތުރު އެޑްވާންޓޭޖަކަށް ވާނެއެވެ.
ނޯޓް: މި މަޤާމަށް ބޭނުންވާނެ އިތުރު ޝަރުތު ތަކާއި ހުނަރުތައް އަދި މި މަޤާމާއި ގުޅޭ އިތުރު މައުލޫމާތު މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާ ޓީއޯރްގައި ހިމެނިފައިވާނެއެވެ.
|
މަސައްކަތާ ގުޅުން ހުރި ދާއިރާގޮތުގައި ބަލާނެ ދާއިރާތައް:
|
- ސިވިލް އިންޖިނިއަރިންގ (ޕްރިފަރޑް)، ޕްރޮޖެކްޓް މެނޭޖްމަންޓް، އަދި ބިޒްނަސް މެނޭޖްމަންޓާ ގުޅުންހުރި ދާއިރާތައް.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2024 ޖުލައި 15 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNU-HR-2024-123
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- އޮފް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. ސީވީގައި ތިރިގައިވާ ބައިތައް ހިމަނަންވާނެއެވެ.
- ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް
- މަދުވެގެން 2 ރެފަރެންސް.
- ހޯދައިވާ ސަނަދުތައް އަދި ތަޖުރިބާ
- ލިބިފައިވާ ހުނަރުތައް
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ހުށަހަޅާ ލިޔުންތަކުގެ ކޮޕީ ނުވަތަ ލިންކް (ހުރިނަމަ) (މަސައްކަތުގެ ތަޖުރިބާއަށް އިތުރު ސަޕޯޓިން ޑޮކިއުމަންޓްސް)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
** ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
|