ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2024/130
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:30
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން: 2024

ލާމަރުކަޒީ ޤާނޫނު 107 ވަނަ މާއްދާގައި ލާޒިމުކުރާ ރައްޔިތުންނަށް އާއްމުކޮށް ހުޅުވައިލައިގެން ޖުލައި މަހުގެ ބައްދަލުކުރާ ބައްދަލުވުން 23 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ ރޭ 20:45 ގައި އެން.އޯ.ސީ ކޮންފަރެންސް ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ބައްދަލުވުމުގައި ކުޅުދުއްފުށީގެ ވީހާ ގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެންދެއްވުމަކީ މިކައުންސިލްގެ ނުހަނު ބޮޑު އެދުމެކެވެ.

08 ޖުލައި 2024