ވަޒީފާގެ ފުރުޞަތު
ނަންބަރު: 57-D/IU/2015/2
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2015
ޕަބްލިޝްކުރި ގަޑި: 14:43
ސުންގަޑި:
01 ޖޫން 2015 15:00
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އާންމުންގެ ތެރެއިން ކުރިމަތިލުމުގެ ފުރުޞަތު
އިޢުލާން
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރެއް ކަނޑައެޅުމަށްޓަކައި، އާންމުންގެ ތެރެއިން މި ބޯޑުގައި ހިމެނިވަޑައިގަތުމަށް ބޭނުންފުޅުވާ ބޭފުޅުން އެކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައި، އެކަން އިޢުލާންކުރަމެވެ.
މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުން 1 ޖޫން 2015 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން އެ ފަރާތެއްގެ މަޢުލޫމާތު ހިމެނޭ ވަނަވަރަކާއެކު، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ.
1 ޝަޢުބާން 1436
19 މޭ 2015