ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2024/64
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 12:35
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރައްޤީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާގޮތް ރައްޔިތުންނާއި ޙިއްސާކުރުން

2024 ވަނަ އަހަރުގެ މެއި އަދި ޖޫން މަހުގެ ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު އާއްމުކޮށް އެންގުމަށްޓަކައި މި އިޢުލާނާއެކު އާންމު ކުރީމެވެ.

  1. ކުނިމެނޭޖްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން. (މެއި-ޖޫން 2024)
  2. ތ.އަތޮޅު ކައުންސިލުން އިންތިޒާމްކުރި "އައުޓްބޯޑް މެންޓަނަންސް އެންޑް ސޭފްޓީ ޕްރޮގްރާމްގައި" ކިނބިދޫން 02 ފަރާތެއް ބައިވެރިވުން. ( މެއި 2024 )
  3. ބަނދަރު މަގުގެ އިރުމަތީ ކޮޅުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް އިޢުލާނުކުރުން. ( މެއި 2024)
  4. ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ފަންޕް ޖަހައިގެން ފެންހިއްކުމުގެ މަސައްކަތް. ( މެއި 2024 )
  5. ތ.ކިނބިދޫ-ތ.ކުޑަދޫ ބްރިޖް މަސައްކަތް. ( ޖޫން 2024)
  6. ބަނދަރު ނަންބޯޑް ޖެހުމުގެ މަސައްކަތް. ( ޖޫން 2024)
  7. މަގުބައްތިތައް މަރާމާތުކުރުމުގެ މަސައްކަތް. ( ޖޫން 2024 )
  8. ކައުންސިލް ލޯންޗްގް ދަތުރުތައް ކިނބިދޫ-މާލެއަށް ރަސްމީކޮށް ފެށުން. ( ޖޫން 2024 )
  9. 1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުން. ( ޖޫން 2024)
  10. ޑެންގޫހުމުން ރައްކާތެރިވުމަށް މަދިރި މަދުކުރުމަށް ފޮގް ޖެހުމުގެ މަސައްކަތް ( ޖޫން 2024 )
  11. ޗަކަހެދޭ މަގުތަކަށް ވެލިއެޅުމުގެ މަސައްކަތް. ( ޖޫން 2024 )
  12. ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަސް ފާހަގަކުރުން. ( ޖޫން 2024 )
  13. ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުން. ( ޖޫން 2024 )
  14. ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުން. ( ޖޫން 2024 )
  15. "ފަލަސްތީނާއެކު ދިވެހިން"ގެ ނަމުގައި ޕީއެސްއެމް އިން މުޅިރާއްޖޭގައި ކުރިޔަށް ގެންދިޔަ ފަންޑްރައިޒިންގ އިވެންޓްގައި ބައިވެރިވުން. ( ޖޫން 2024 )
  16. ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ 07ވަނަ ވޮލީބޯޅަ މުބާރާތުގެ ފަރިތަކުރުންތައް ފެށުން. ( ޖޫން 2024 )
  17. ގާޑިޔާ ބިން ދޫކުރުމަށް 02 ބިން ކުއްޔަށް ދޫކުރުމަށް އިޢުލާނު ކުރުން. (ޖޫން 2024)

      02 މުޙައްރަމް 1446

08 ޖުލައި 2024