ވަޒީފާގެ ފުރުޞަތު
ނަންބަރު: O11C-B/2024/03
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 17 ޖުލައި 2024 13:30
ހައްުދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ޕެރަލީގަލް

     އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު:

ޕެރަލީގަލް

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

JS10-1  

މަޤާމުގެ ކްލެސިފިކޭޝަން:

ލީގަލް އެސިސްޓެންޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓު

މުސާރަ:

-/5610 ރުފިޔާ

އެހެނިހެން އެލަވަންސް:

-          ސާރވިސް އެލަވަންސް -/3000 ރުފިޔާ

-          ޖުޑީޝަލް އެލަވަންސް: މުސާރައިގެ % 35

-          ލިވިންގް އެލަވަންސް -/2550 ރުފިޔާ

-          ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

-          ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ނިޔާކަނޑައަޅާ މައްސަލަތަކުގެ ޙުލާސާ ރިޕޯޓާއި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ޑްރާފްޓު ކުރުމުގައި އެހީތެރިވެދިނުން.
  2. ކޯޓަށް ހުށަހަޅާ މައްސަލަތައް ދިރާސާކޮށް މައްސަލަ ބަލައިގަތުމަށް އެހީތެރިވެދިނުން.
  3. އެކިއެކި ކޯޓުތަކުން ބަޔާން ނެގުމަށް ފޮނުވާ މެސުޖުތަކާއި ގުޅިގެން ބަޔާން ނެގުމުގެ މަސައްކަތް ލީގަލް ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއެކު އުޅުން.
  4. އެކި އެކި ކޯޓުތަކުން މީހުން ހާޟިރުކޮށް ދިނުމަށް ފޮނުވާ މެސެޖުތަކާއިގުޅިގެން އަޅަންޖެހޭ  ފިޔަވަޅުތައް ލީގަލް ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއެކު އުޅުން.
  5. ދާއިރާގެ މެޖިސްޓުރޭޓުންނާއި ކްލަސްޓަރ ކޯޓުތަކުގެ ކަމާއިބެހޭ މުވައްޒަފުންނަށް ބޫނުންވާ ޝަރުޢީ އަދި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  6. ދާއިރާގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތުގައި ދާއިރާގެ ޗީފް އެޑްމިނިސްޓްރޭޓަރަށް އެއްބާރުލުން ދިނުން.
  7. ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅޭގޮތުން ޖަވާބު ދޭންޖެހޭ ފަރާތްތަކަށް ޖަވާބުތައްޔާރުކުރުމަށް ލީގަލް ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ޗީފް އެޑްމިނިސްޓްރޭޓަރަށް ލަފާދިނުން.
  8. ނިމޭ ޤަޟިއްޔާތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާފިޔަވަޅުތަކެއް އެޅިފައިވޭތޯ ބަލައި މައްސަލައިގެ ފައިލް އަރުޝީފަށް ޙަވާލުކުރުން.
  9. ހައްޔަރު ކުރުމާއި،ބަލައިފާސްކުރުމުގެ އަމުރާއިއެހެނިހެން ކޯޓު އަމުރު ހޯދުމަށް އެދި ހުށަހަޅާ ފޯމްތައް ޗެކުކޮށް މެޖިސްޓްރޭޓުގެ ލަފާގެ މަތިން ލީގަލް ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ކޯޓުއަމުރު ތައްޔާރުކުރުން.
  10. ވަލީ ހަމަޖެއްސުމަށް އެދި ކޯޓަށް ހުށަހަޅާ ފޯމަށް ލީގަލް ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ބަޔާން ނެގުން.
  11. ކައިވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމްތައް ފުރިހަމަކުރެވިފައިވަނީ ރަނގަޅަށްތޯ ބަލައި ޗެކްކުރުމަށްފަހު ، ފޯމްގައި އިސްލާޙްކުރަންޖެހޭ ތަންތަން ފާހަގަކޮށް،ފޯމް އިސްލާޙްކުރުމަށާއި ފޯމްތަކަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އެމަސައްކަތްކުރާ މުވައްޒަފާއި ހަވާލުކުރުން.
  12. އެ ކޯޓަކުން ނިމޭ މައްސަލަތަކުގައި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާފައިވޭތޯ ޗެކުކުރުން.
  13. ތާވަލުކުރާ މައްސަލަތަކާއި ހިނގަމުންދާ މައްސަލަތަކާއި،ނިމޭ މައްސަކަތައް ލީގަލް ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ސީ.އެމް.އެސް އިން ޤަވާޢިދުން އަޕްޑޭޓުކޮށް އެކަން ބަލަމުން ގެންދިއުން.
  14. އިދާރީގޮތުން ކޯޓުން ތައްޔާރުކުރާ އެއްބަސްވުން ނުވަތަ އެގްރިމަންޓްތައް ޑްރާފްޓްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  15. ނިނިމޭ މައްސަލަތަކާއި ހިނގަމުންދާ މައްސަލަތަކާއި އަދި ކުރިއަށް ތާވަލުކުރަންޖެހޭ މައްސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބަލައި،މައްސަލަތައް އަވަސް ކުރުމަށް ކުރެވެންހުރި  ކަންކަން ކުރުމަށް ލީހަލް ސެކްޝަންގެ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  16. ލީގަލް ޝެކްޝަންގެ މުވައްޒަފުންގެ އެހީތެރިކާއެކު ތަފާސް ހިސާބު ރިޕޯޓް ތައްޔާރުކުރުން.

މަޤާމުގެ ޝަރުޠުތައް:

 

  1. ޝަރީޢަތާ ޤާނޫނު،ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލެ 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

  • ޝަރީޢަތާއި ޤާނޫނުގެ ދާއިރާ

މަޤާމުގެ މަސައްކަތު ދާއިރާތައް

ޝަރީއަތާއި ޤާނޫނު/ ޤާނޫނު

ޕްރިފަރޑް ޑިސިޕްލިންތައް:

ނެތް

މަޤާމުގެ ކޯ ޑިސިޕްލިންތައް:

ޝަރީޢަތާއި ޤާނޫނު/ ޤާނޫނު

ނޯޓު:ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ،އެފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕްއިންޓް ދެވޭނެއެވެ.

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި ވަޒީފާއިން މުސްކުޅިކުރުމުގެ އިޙްތިޔާރު ލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހެއްކަމުގައިނުވުން
  2. ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވައިދު 2011ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އާއިލީ ގާތްކަމެއް ވަޒީފާ ހަމަޖެހޭ ލ.ހިތަދޫ މެޖިސްޓްރޭޓްކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

2.1.   ކާފަ ނުވަތަ މާމަ (ދޮންކާފަ އާއި ދޮންމާމަ ހިމެނޭ ގޮތަށް)؛

2.2.   މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.3.   ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްފަގެ ދަރިން)؛

2.4.   ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)

2.5.   އަނބިމީހާ ނުވަތަ ފިރިމިހާ؛

2.6.   ފަހަރި ނުވަތަ ޅިޔަނު (ތިމާ އިނދެގެން އުޅޭ މީހާގެ ދައްތަ ނުވަތަ ބޭބެއާއި، އެމީހުން އިނދެގެން އުޅޭ މީހުނާއި، ތިމާގެ ދައްތަ ނުވަތަ ބޭބެ އިނދެގެން އުޅޭ މީހުން ހިމެނޭހެން)؛

2.7.   މައިދަތަ ނުވަތަ ބަފައިބެ (އަނބިމީހާ ނުވަތަ ފިރިމީހާގެ ކާފަ ނުވަތަ މާމައާއި ދޮންމައިދައިތަ އާއި ދޮންބަފައިބެ ހިމެނޭ ގޮތަށް)؛

2.8.   ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ (ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ އިނދެގެން އުޅޭ މީހާ ހިމެނޭ ގޮތަށް)؛

2.9.   ދެބޭންގެ ދެދަރި މީހަކު ކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި މި ކޯޓުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)  www.dja.gov.mv
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މާރކްސް

 

30

އަސާސީ ޝަރުޠުހަމަވުމުން ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

15

އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

10

ޕްރެޒެންޓޭޝަން

30

އިންޓަރވިއު

100

ޖުމްލަ

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ޖުލައި 2024 ގެ 13:30 ގެ ކުރިން، ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް              [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ،   18 ޖުލައި 2024މ އާއި 31 ޖުލައި 2024މ އާ ދެމެދު، ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.

އިންޓަވިއު ކުރެވޭނީ އިމްތިޙާނުގެ މުޅި ޖުމްލަ މާކްސްގެ %50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ހޯދާ ފަރާތްތަކާއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ކޯޓުގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި www.gazette.gov.mv ގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800631 އަށެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ ނުވަތަ ވަކިވަކިން ޑޮކިއުމެންޓް ފޮނުވާނަމަ އެއް މެއިލްގައި ޑޮކިއުމެންޓްތައް އެޓޭޗްކޮށް ފޮނުވުމަށް ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.

8 މުޙައްރަމް 1446ހ .

8 ޖުލައި 2024މ.
                                                  ފާޠިމަތު އަމާނީ

                                                   ޗީފް އެޑްމިނިސްޓްރޭޓަރ

                                 

 

08 ޖުލައި 2024