ބީލަން
ނަންބަރު: 60-ADM/2024/218
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 12:22
ސުންގަޑި: 12 ޖުލައި 2024 00:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގައި ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން

އެސްޓީއޯގައި ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން

އެސްޓީއޯ ހއ.އިހަވަންދޫ ފާމަސީ ގައި ހުރި ބައު ސާމާނު ތަކެއް ނީލަމުގައި ވިއްކާލަން ކުރެވުނު އިއުލާން ނަންބަރު: 60 އޭޑީއެމް 210/2024 ގެ އިއުލާނަށް  އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ މިތަކެތި އަލުން  ވިއްކާލުމަށް އިއުލާން ކުރަމެވެ. ވީމާ މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި ދަންނަވާ ދުވަހުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ނަންނޯޓްކުރައްވާ ފަރާތްތަކުން ޕްރިންޓް ކުރެވިފައިވާ ކަރުދާހުގައެވެ.

ހާޒިރުވާންވީ ތަން

ގަޑި

މަޢުލޫމާތު ސާފުކުރުން

އަގުހުށަހެޅުން

އެސްޓީއޯ ހއ.އިހަވަންދޫ ފާމަސީ

10:00

14/07/2024

15/07/2024

ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުށް ބިލް ޙަވާލުކުރާތާ ރަސްމީބަންދު ނޫން 3 ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ފައިސާ ދައްކަވާފައިވާ ތަކެތި 3 ދުވަހުގެ ތެރޭގައި ގެންދަވަންވާނެއެވެ. މިގޮތުން ތަކެތި ގެންދެވުމަށް ދެވޭ މުއްދަތު ހަމަވުމަށްފަހު ނުގެންގޮސް ހުންނަ ތަކެތި ނައްތާލުމުގެ އިޚްތިޔާރު އެސްޓީއޯ އަށް ލިބިގެންވެއެވެ. އަދި މިގޮތަށް މުދާ ނުގެންގޮސް ހުންނަ ފަރާތްތަކުން އެސްޓީއޯ އިން ބާއްވާ ނީލަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

 

08 ޖުލައި 2024