މަސައްކަތް
ނަންބަރު: GS126/2024/IUL11
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 11:20
ސުންގަޑި: 21 ޖުލައި 2024 11:00
ވާދޫ ސްކޫލް، ރ. ވާދޫ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދިނުން

މިސްކޫލުން ދޭ މައުލޫމާތު އަދި ކުރެހުމާ އެއްގޮތަށް ހިނގަމުންމިދާ ދިރާސީ އަހަރުގެ ނިޔަލަށް މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިސްކޫލަށް

ދުރުވެ ނުވަތަ މިސްކޫލުގެ މެއިލް [email protected] މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރައްވާއިރު އިއުލާން ނަންބަރު، ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި، ރަޖިސްޓްރީ ނަންބަރު އަދި ގުޅޭނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރު ހިމަނަންވާނެއެވެ. ބީލަން ކެނޑުން އޮންނާނީ 21 ޖުލައި 2024 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލުގެ ލައިބްރަރީގައެވެ. ގަޑި ޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބާތިލް ކުރެވޭނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެެއެވެ. ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މިކަމަށް ޝައުޤުވެރިކަން ފާޅުކޮށް ނަންނޯޓް ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ދަންނަވަމެވެ. މި ބީލަމާއި ގުޅިގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ނޯންނާނެއެެވެ. ނަންނޯޓު ކުރާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ފޯރުކޮށްދެވޭނެއެވެ. އަދި ނަންނޯޓް ކުރާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވެއްޖެ ހިނދެއްގައި މައުލޫމާތު ސެޝަނެއް ހަމަޖައްސަވައި ދެވޭނެއެވެ. އަދި ދަންނަވަމެވެ. މި ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުންވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.                                                                

08 ޖުލައި 2024