މަސައްކަތް
ނަންބަރު: (IUL)GS-29/2024/14
ޕަބްލިޝްކުރި ތާރީޚް: 08 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 15 ޖުލައި 2024 13:30
ގއ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ގއ. އަތޮޅު މަދަރުސާގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށް ވިއްކައިދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 17 ޖުލައި 2024 09:42 ގައި ބާތިލް ކުރެވިފައެވެ.


މި ސްކޫލުން ދޭ ނަމުނާއާ އެއްގޮތަށް ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯރމް ތައްޔާރުކޮށް ފޯރުކޮށްދިނުމުގެ މަސައްކަތް (2 އަހަރު ދުވަހަށް) ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކުރަމެވެ.  

މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ތާރީޚު ތަކުގައި ބިޑްރަޖިސްޓްރީކޮށް މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަމާގުޅޭ މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅު ވާނަމަ 2024 ޖުލައި 10 ވަނަ ދުވަހުގެ ކުރިން، ރަސްމީ ގަޑީގައި 7983072 ނަމްބަރ އަށް ގުޅުއްވުން އެދެމެވެ.

ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަން ބާއްވާ ގޮތަށް ހަމަޖެހިފައި ނުވާވާހަކަ ދަންނަވަމެވެ.

ތަފްސީލު

ތާރީޚް

ގަޑި

ތަން

ރަޖިސްޓްރީ ކުރުން

2024 ޖުލައި8 އިން 10

09.00 އިން 13.00 އަށް

ގއ.އަތޮޅުމަދަރުސާ

އަންދާސީ ހިސާބު ހުށަހެޅުން

2024 ޖުލައި 15

މެންދުރު ފަހު 13.30

ގއ.އަތޮޅުމަދަރުސާ

 

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަމަށް އެދޭ ޝަރުޠު ހަމަވާ ފަރާތްތަކުން 2024 ޖުލައި 10 ވަނަ ދުވަހުގެ ކުރިން ސްކޫލަށް ވަޑައިގެން ނުވަތަ ސްކޫލް މެއިލް [email protected]  މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ބިޑް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ. 

08 ޖުލައި 2024