ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ
އުނގޫފާރު / ދިވެހިރާއްޖެ ނަންބަރު:IUL-303-EDMS/303/2024/43
އިއުލާން
އެއަރކޮންޑިޝަން އަދި ރެފްރިޖަރޭޝަން ސާރވިސް ކުރައްވަމުން ގެންދަވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމެއް ހިންގުމާއި ބެހޭ
ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ އާލާތްތައް ފިނިކުރުމައްޓަކައި ބޭނުންކުރާ ގޭހެއްކަމަށްވާ ހައިޑްރޯފްލޯރޯކާރބަންސް (އެޗް.އެފް.ސީ) ދިވެހިރާއްޖޭގައި ބޭނުން ކުރާވަރު މިންވަރު މަދުކުރުމަށް މިއަހަރު 2024 ވަނަ އަހަރުމަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ދިވެހިރާއްޖޭގައި މިމާއްދާ ބޭނުންކުރާ މިންވަރު 2045 ވަނަ އަހަރުގެ ނިޔަލަށް %80 ދައްކުރުމަށް ހަމަޖެހިފައިވާކަމަށާއި މިމާއްދާގެ ބަދަލުގައި މިހާރު ބޭނުންކުރާ ބައެއް މާއްދާތަކަކީ އަލިފާން ރޯވާ ގޭސްތަކެއް ކަމަށްވާތީ އެއަރކޮންޑިޝަނިން އަދި ރެފްރިޖަރޭޝަން ސާރވިސް ކުރައްވަމުން ގެންދަވާ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކުރިއަށް ގެންދިއުމަށްޓަކައި، އެއަރކޮންޑިޝަން އަދި ރެފްރިޖަރޭޝަން ސާރވިސް ކުރައްވަމުން ގެންދަވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެނަވައިރުމަންޓް އެންޑް އެނަޖީން އަންގަވާފައިވެއެވެ. މިގޮތުން ދިވެހިރާއްޖޭގައި ޚިދުމަތް ފޯރުކޮށްދޭ ވޯކްޝޮޕްތަކާއި ޓެކްނީޝަނުން ރަޖިސްޓްރީ ކުރުމުގެ ޕްރޮގްރާމެއްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ މިނިސްޓްރީން އަންގަވާފައި ވެއެވެ. އަދި ކުރިންދެންނެވުނު ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ދަތުރު އަދި ހުރުމުގެ ޚަރަދު މިނިސްޓްރީން ހަމަޖައްސަވައި ދެއްވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި ހަމައެއާއެކު ދިވެހިރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދޭ ވާރކްޝޮޕްތަކާއި ޓެކްނީޝަނުން ރަޖިސްޓަރ ކުރުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަންތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ދަތުރުގެ އަދި ހުރުމުގެ ޚަރަދު މި މިނިސްޓްރީން ހަމަޖައްސައިދޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ މިޕްރޮގްރާމްތަކުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް ތިރީގައިވާ ދެ ލިންކް މެދުވެރިކޮށް ނުވަތަ މިކައުންސިލަށް ވަޑައިގެން، 2024 ޖުލައި 10ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
ވާރކްޝޮޕް މައުލޫމާތު ލިންކް: https://forms.office.com/r/KqAHYgMaFL
ޓެކްނީޝަނުންގެ މައުލޫމާތު ލިންކް:https://forms.office.com/r/kAMfQkJ3wG