ދިވެހިރާއްޖެ
މާލެ ސިޓީގައި އެއްގަމު އުޅަނދު ރަޖިސްޓަރީ ކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމަށްޓަކައި ސަރވޭ ކުރުމާއި މިކަމާގުޅޭ ސްޓަޑީއެއް ހެދުމަށް ބޭނުންވާތީ ތިރީގައި މިވާ މަޢުލޫމާތާ އެއްގޮތައް މި އެސެސްމަންޓް ހަދާދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، މި ސާރވޭގެ މަސައްކަތްތަކަށް ޝައުގުވެރިވަޑައިގަންނަވާ ފަރާތްތަކުން 18 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ހ.ހުޅުގަލި 1ވަނަ ފަންގިފިލާ، ކަރަންކާމަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާގެ އެޑްމިން ސެކްޝަންގެ މީޓިންގ ރޫމްއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. ބިޑް ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާން ކުރެއްވުމަށްފަހުގައެވެ.
މި އިޢުލާނާ އެކު މައުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މި އިޢުލާނާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 16ޖުލައި 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
27 ޛުލްޙިއްޖާ 1445