ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)346/346/2024/26
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 14 ޖުލައި 2024 14:00
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޫލްގެ ދަށުން މިސްކިތުގައި މަސައްކަތްކުރާ މުވައްޒަފުން ބޭނުންވެއްޖެ

އިޢުލާން

 

އއ ހިމަންދޫ މަސްޖިދުލްޢުލާ މިސްކިތުގެ ދާއިމީ މަސައްކަތުމީހުން ސަލާމް، ޗުއްޓީނެގުމުން މިސްކިތް ފޮޅައި ސާފުކޮށް ބެލެހެއްޓުމަށް ޕޫލްގެ ދަށުން (ވަގުތީ) މަސައްކަތު މިހުން ބޭނުންވެއްޖެއެވެ.

މަޤާމް

ވ.މަސައްކަތް (ޕޫލް)

ބޭނުންވާ އަދަދު

2

މުސާރަ

ގަޑިއިރަކަށް 45ރ (ދުވާލަކު 5 ގަޑިއިރު)

މަސައްކަތް ހަމަޖެހިފައިވާ ތަން

އއ ހިމަންދޫ މަސްޖިދުލް ޢުލާ މިސްކިތް

 

މަޤާމުގެ ޝަރުތުތައް:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން، ނުވަތަ
  2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮއްދިނުމާއެކު އެސް.އެސް. 1 ރޭންކުގެ ނުވަތަ އެއަށްވުރެ މަތީ ރޭންކަކާއި އެއް ފެންވަރެއްގެ މަޤާމެއްގައި. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައި ވުން.
  3. 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

     ކައުންސިލުން އަންގާ ގޮތެއްގެ މަތިން މިސްކިތާއި މިސްކިތް ހިމެނޭ ސަރަޙައްދު ފޮޅާ ސާފުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް
  • ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  • މުއްދަތު ހަމަނުވާ އައިޑީކާޑްގެ ކޮޕީ
  • ވަޒީފާއަށް އެދޭފަރާތުގެ ކަރިކުލަމް ވިޓާއީ (ސީވީ)

 

 

 

މާކްސް ދިނުމުގައި ބެލެވޭ ކަންތައްތައް:

01

ތަޖުރިބާއަށް 75 މާރކްސް

02

ލިބިފައިވާ ތަޢުލީމް 25 މާރކްސް

  1. ތަޖުރިބާ އިން ލިބޭ ޕޮއިންޓް ދެވޭނީ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތް ކޮށްފައިވާ މުއްދަތަށް ބަލައި، އެޓެސްޓް ކުރި ލިޔުމަށް އެކަންޏެވެ.

2. ތަޢުލީމީ ބައިގެ މާރކްސް ދެވޭނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކަށް ބަލައިގެންނެވެ. އަދި ކިޔަވާފައިވާ ގްރޭޑްއަށް ބަލައި ތަޢުލީމީ ބަޔަށް މާރކްސް ދެވޭނެއެވެ.

 

މަޤާމަށް އެދެންވީ ސުންގަޑި

 

މަޤާމަށް އެދި ހުށާހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 ޖުލައި 2024 ގެ 14:00 ގެ ކުރިން، ހިމަންދޫ ކައުންސިލް އިދާރާއަށެވެ. އީމެއިލް ކުރައްވާނަމަ ހިމަންދޫ ކައުންސިލްގެ އީމެއިލް އަށެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660061 އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

                      މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ޖުލައި 2024