ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)430-DBA-I/430/2024/18
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި:
09 ޖުލައި 2024 14:00
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފޮތް މައުރަޒެއް ބާއްވަން ބޭނުންވެއްޖެ
2024ވަނަ އަހަރުގެ ލިޔުންތެރިންގެ ދުވަހާ ގުޅުވައިގެން ދިވެހިބަހުގެ އެކެޑަމީން ފޮތް މައުރަޒެއް ބާއްވަން ވަނީ ނިންމައިފައެވެ. މި މައުރަޒު ބާއްވަން ހަމަޖެހިފައިވަނީ ދިވެހިބަހުގެ އެކެޑަމީ ހިންގާ ސޯސަންގޭގެ ބޭރު ފެންޑާގައި، 12 ޖުލައި 2024ން 13 ޖުލައި 2024ގެ ނިޔަލަށެވެ.
ވީމާ މި މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 9 ޖުލައި 2024ގެ 14:00ގެ ކުރިން ލިޔުމަކުން އެކަން މި އޮފީހަށް އެންގުން އެދެމެވެ. އެކަމަށް އެދޭ ލިޔުމުގައި މިކަމަމުގައި ދިވެހިބަހުގެ އެކެޑަމީން މުއާމަލާތުކުރާނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރު އޮންނަންވާނެއެވެ.
މި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި އެންމެ ފުރަތަމަ ހުށައަޅާ 5 ފަރާތަށް ކަން އަންގަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3028004، 3028000 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
އީމެއިލް :[email protected]
04 ޖުލައި 2024