ކުއްޔަށް ދިނުން
ނަންބަރު: (IUL)307/INDIV/2024/62
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 12:30
ސުންގަޑި: 15 ޖުލައި 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގެ ބަނދަރު ހުޅަނގުކޮޅުން ގުދަން ބިން ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުން، ކުލީ ބިމެއް ދޫކުރުމާއި ގުޅޭ

                                                  (IUL)307/INDIV/2024/62:ނަންބަރު  

މިރަށު ބަނދަރު ހުޅަނގުކޮޅުން ގުދަން ކުރުމުގެ މަސައްކަތް ކުރުމަށް 50 ފޫޓް 95 ފޫޓް (4750 އަކަފޫޓް)ގެ ކުލީބިމެއް ދޫކުރުމަށް ހަމަޖެހިފައިވާތީ، މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް  އެއްފުރުޞަތު ހުޅުވާލަމެވެ.

  1. ބިޑް އުސޫލުން ކުލީބިން ހޯދަން އެދޭ ފަރާތްތަކުން މިއިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް:  [email protected] އަށް މެއިލް ކުރުމުން ނުވަތަ ކައުންސިލްގެ ނަންބަރ 7380052 އަށް ވައިބަރ ކުރުމުން ބީލަމުގައި ރަޖިސްޓްރީ ކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފަރާތުގެ ޒިންމާއެކެވެ.
  2. ބިޑްގައި ރަޖިސްޓްރީވެވޭނެ އެންމެ ފަހު ވަގުތަކީ 2024  ޖުލައި 15 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގައެވެ. ބީލަން ރަޖިސްޓްރީކުރުމަށް ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމު މިއިއުލާނާއެކު ހިމެނިފައިވާނެއެވެ.
  3. ބިޑާއި ގުޅިގެން ފްރީ ބިޑް ބައްދަލުވުމެއް  2024ޖުލައި 15 ވާ ހޯމަ ދުވަހުގެ މެންދުރު 13:15 ގައި މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލް އިދާރާގައި އޮންނާނެއެވެ.
  4. ބިޑުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަކަށްވެސް ކުލީ ބިމުގެ މައުލޫމާތު ކަރުދާސް ހިއްސާކުރެވޭނެއެވެ.
  5. ބިޑްގައި ރަޖިސްޓްރީ ވެވޭނެ ފަރާތްތަކަކީ: ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަމްބަރ 2014/18)ގެ ދަށުން ރަޖިސްޓްރީކޮސްފައިވާ ވިޔަފާރިތަކަށް، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަމްބަރ 2014/19)ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންނަށް، ރަޖިސްޓްރީކުރެވި ހިންގަމުންދާ ކުލަބު ޖަމިއްޔާތައް، އަދި އަމިއްލަ ފަރުދުންނެވެ.
  6. ބިޑް ހުޅުވުން އޮންނާނީ  2024 ޖުލައި  22 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގައި މިކައުންސިލް އިދާރާގައެވެ.  ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބިޑަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބިޑަށް ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  7. ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ.
  8. ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބިޑަށް ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހަޅައި  ބިޑަށްލުމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
  9. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ:
  • ކައުންސިލްގެ ނަންބަރު: 7380052 ، 6580052
  • ކައުންސިލް އެގްޒެކެޓިވް – އިމްރާން ޝަރީފް
  • ފޯން: 9122102
  • އީމެއިލް: [email protected]

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ޖުލައި 2024