މަސައްކަތް
ނަންބަރު: (IUL)374-C/374/2024/42
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 11:53
ސުންގަޑި: 11 ޖުލައި 2024 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ނިލަންދޫ ބާއިންޖީނުގޭ ސަރަހައްދުގައި ހަދާފައިވާ ޕާކުގައި ކުރަން ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން.

ފ.ނިލަންދޫ  ބާއިންޖީނުގޭ ސަރަހައްދުގައި ހަދާފައިވާ ޕާކުގައި ކުރަން ހުރި  މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތްތަކުގެ  ތަފުސީލު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓުން (www.faafnilandhoo.gov.mv) ނާއި، ފޭސްބުކް ޕޭޖުން (Faafu Nilandhoo Council Idhaaraa) އަދި ގެޒެޓުން ލިބެން ހުންނާނެއެވެ.  މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކަށް 2024 ޖުލައި 04 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މަޢުލޫމާތު ކަރުދާސް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

ވީމާ، މިމަސައްކަތްތައް  ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2024 ޖުލައި 11 ވަނަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުންނާއި ގެޒެޓުން ޑައުންލޯޑު ކުރެއްވޭނެއެވެ.

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.

27 ޒުލްހިއްޖާ   1445

4 ޖުލައި     2024

04 ޖުލައި 2024