މަސައްކަތް
ނަންބަރު: (IUL)419-CAA/INDIV/2024/9
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 10:58
ސުންގަޑި: 30 ޖުލައި 2024 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގަން ވިޔަފާރި އުޞޫލުން ބެލެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން:

ގދ.ގަން ވިޔަފާރި އުޞޫލުން ބެލެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން:

         ގައްދޫ ގަން ބެލެހެއްޓުން ޙަވާލުކުރާނެ ފަރާތެއް ހޯދުމަށް 03 ޖޫން 2024 ގައި މި އިދާރާއިން ކުރި ނަންބަރު (IUL)419-CAA/419/2024/6 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވަނީ އެއްމެ ފަރާތަކުން ކަމަށްވުމާއެކު އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

         ގައްދޫ ގަމަކީ ގައްދޫގެ އިޚުތިޞާސް ކަމަށް ކަނޑައަޅާފައިވާ ރަށަކަށްވާއިރު އެރަށުގެ ލޭންޑް ޔޫސްޕްލޭން ހެދުމާއި ހަމަޔަށް ވިޔަފާރި އުޞޫލުން އެރަށް ބެލެހެއްޓުމަށްޓަކައި އެކަމަށް ޝައުޤުވެރިކަންހުރި ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

        ވީމާ، ގަން ވިޔަފާރި އުޞޫލުން ބެލެހެއްޓުން ޙަވާލުވުމަށް އެދިލައްވާ ފަރާތްތަކުން ގަން ބަލަހައްޓަވަން ގަސްދުކުރައްވާގޮތް ސާފުކޮށް އެގޭގޮތައް ބަޔާންކުރައްވާ 30 ޖުލައި 2024 ވާ އަންގާރަދުވަހުގެ 13.00 އަށް  ޕްރޮފޯސަލް ހުށަހެޅުއްވުން އެދެމެވެ. ގަން ބެލެހެއްޓުމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 22 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 11.00 ގައި ކައުންސިލް  އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. ގަން ބެލެހެއްޓުމަށް އެދި ހުށަހަޅުއްވާ ޕްރޮޕޯސަލާއި،ލިޔުންތައް ބަލައިގަތުން އޮންނާނީ 30

 

ޖުލައި 2024 ވާ އަންގާރަދުވަހު 13:00 މިއިދާރާގެ ޖަލްސާކުރާ މާލަމް ގައެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާ ފަރާތްތަކުން [email protected]  އަށް މެއިލް ކޮށް ފޮނުއްވުމަށް ދެންނެވީމެވެ.

         މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 03  ޖުލައި  2024

03 ޖުލައި 2024