ދިވެހިރާއްޖެ
މަސްޖިދުލް އަމާނާތު މިސްކިތުގެ ގޯތިތެރޭގައިވާ ގާތައްނަގާ ވޯކްވޭ އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރުން
މަސްޖިދުލް އަމާނާތް މިސްކިތުގެ ގޯތިތެރޭގައިވާ ގާތަށް ގިނަ ދުވަސް ވުމުގެ ސަބަބުން ހަލާކުވެ އަޑި ގުޑަންތައް ގިނަވެފައިވާތީ އެގާތަށް ސާފްކުރުމާއި ބަލަހައްޓުމަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. އެހެން ކަމުން އެގާތައް ނެގުމަށް ފަހު ކައުންސިލް އިދާރާއިންދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ވޯކްވޭ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- 1. ތަފްސީލް:
މި މަސައްކަތަކީ މިއިދާރާއިން ކުރި ނަންބަރ: (IUL)419-CAA/419/2024/80 ( 03 ޖުލައި 2024 ) އިޢުލާންގައިވާ، ގދ.ގައްދޫ މަސްޖިދުލް އަމާނާތު މިސްކިތުގެ ގޯތިތެރޭގައި ހުރި ގާތަށް ނަގާ ވޯކްވޭ ހެދުންކައުންސިލްއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދިނުމެވެ.
- 2. ހަވާލުކުރެވޭ މަސައްކަތް:
މަސްޖިދުލް އަމާނާތު މިސްކިތުގެ ގޯތިތެރޭގައި ހުރި ގާތަށް ނަގާ ވޯކްވޭ ހެދުން
ގާތަށް ނެގުން
- ގޯތިތެރެއިން ނަގާ ގާތަށް ކައުންސިލުން އަންގާ ތަނަކަށް ގެންގޮސްދިނުން
- ގާތަށް ގެންދާނީ ވަތަބަނޑޭރި މައިދާން ގެ އުތުރުކޮޅުގައި އިން ހުސްބިމަށް (ކުރީގެ މަދަރުސާގެ ބޭރުފާރު ކައިރީގައި ބަރިބަރިއަށް ބެހެއްޓުން)
- ގާތަށް ނެގުމަށް ފަހު މިސްކިތުގެ ގޯތީގެ ބިންގަޑުއެއްވަރު ކޮށްލުން
ކީވޯލްޖެހުން
- ކީ ވޯލް ހަދަންވާނީ 4 އިންޗް ފުލްބްލޮކް ގަލުން
- ކީވޯލް ހަދާފައި ސިމެންތި ޖަހަންވާނެ
- ކީވޯލް ހަދަންވާނީ އަމިއްލަ ތަކެތީގައި
ވޯކްވޭ ހެދުން
ވޯކްވޭ ހަދަންވާނީ މަސައްކަތް ނަގާ ފަރާތުގެ އަމިއްލަ ތަކެތީގައި
- ކައުންސިލުންދޭ ނަމޫނާއާއި އެއްގޮތަށް ވޯކްވޭ ހެދުން
- ވޯކްވޭ ހަދަންވާނީ ތަޅުން އެޅުމަށްފަހު 2 ފޫޓް ދިގު 3 ފޫޓް ފުޅާ އިން ގާއަޅާފައި ހުންނަ ގޮތަށް
- ކޮންމެ 2 ގަލެއްގެ މެދުގައި ބައި އިންޗް ދުރުމިން އިންނަންވާނެ
- ތަޅުން އަޅަންވާނީ ސިމެންތި އަދި ހިލަވެލިން ( ރޭޝިއޯ: 1:5)
- ކީވޯލްއާއި ވޯކްވޭ އިންނަންވާނީ އެއް ލެވެލްއެއްގައި
- މިމަސައްކަތަށް ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( 2014/18 )އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ޤާނޫނު ( 19/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ.
- 4. އެސްޓިމޭޓް އޮންނަންވާގޮތާއި ހުށަހަޅަންޖެހޭ ތަކެތި
4.1 އެސްޓިމޭޓްގައި ހުށަހަޅާފަރާތުގެ ނަން، އެޑްރެސް، ނަންބަރ، އަގު ( ޖީއެސްޓީ ވަކިން އެގޭނެހެން )، މުއްދަތު، ސޮއި/ތައްގަނޑު، އީމެއިލް އަދި ފޯންނަންބަރ އޮންނަވާނެއެވެ.
4.2 އެސްޓިމޭޓްގައި ބަޔާންކުރާ މަސައްކަތް ނިންމަން ހުށަހަޅާ މުއްދަތު ގުނާނީ އެގްރިމަންޓް ކުރެވޭ ތާރީޚުން ފެށިގެން ހުކުރު ދުވަސް ހިމަނައިގެންނެވެ.
4.3 އެސްޓިމޭޓް ހުށަހަޅަންވާނީ ދިވެހި ރުފިޔާ އިންނެވެ.
- މަސައްކަތުގެ ބޭސްރޭންޖް އަދި ފައިސާ އުނިކުރުން.
5.1 މި މަސައްކަތަށް ބޭނުންވާ ސިލީންގް އަގެއް ކަނޑައެޅިފައިނުވެއެވެ.
5.2 މިމަސައްކަތް ނުނިމި އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް، މާލިއްޔަތުގެ ޤަވާއިދުގެ 10:71 ގައިވާ ގޮތުގެ މަތިން، ފައިސާ އުނިކުރެވޭނެއެވެ.
ތަފްސީލް: ޖުމްލަ އަގު X 0.005 (ޕްއިންޓް ސުމެއް ސުމެއް ފަހެއް) އާ ގުނަކުރުމުން ޖެހޭ އަދަދާއި ގުނަކުރުމުން ޖެހޭ އަދަދެވެ. (CP*0.005*LD)،
މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2024 ޖުލައި 10 ވަނަ ދުވަހު 14:00 ގެ ކުރިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2024 ޖުލައި 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލް އިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
ކޯޓޭޝަން ހުށަހަޅާނީ ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށެވެ. މި މަސައްކަތާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ގުޅުއްވަނީ 7787791 ނަންބަރަށެވެ.
ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
03 ޖުލައި 2024