ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)10-C/10/2024/69
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 10:56
ސުންގަޑި: 11 ޖުލައި 2024 13:00
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

   (IUL)10-C/10/2024/69 :ނަންބަރު                                                       

އިޢުލާނު

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-310000

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ / އެގްޒެކެޓިވް ސެކްރެޓޭރިއެޓް ސެކްޝަން / ކ.މާލެ

މުސާރަ:

މަހަކު 4,465.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  1,500.00ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް2: 700.00 ރުފިޔާ
  2. ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އެލަވަންސް: 1,562.75 ރުފިޔާ (މުސާރައިގެ %35)
  3. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސަރުކާރުގެ އިދާރާތަކުންނާއި، ކައުންސިލްތަކުން އަދި ސަރުކާރުގެ އޮފީސްތަކުން އެގްޒެކެޓިވް ސެކްރެޓޭރިއަޓަށް އަންނަ ސިޓީތައް/ލިޔުންތައް ސެކްޝަން ހިންގަވަން ހުންނެވި ވެރިއަކު ޓާސްކު ފޮނުވުމުން ޖަވާބުދޭންޖެހޭ ލިޔުންތަކަށް ސެކްޝަން ހިންގުމާ ޙަވާލުވެ ހުރި ވެރިޔަކު ވިދާޅުވާ ގޮތެއްގެމަތިން ޖަވާބު ދިނުމާއި ފޮނުވަންޖެހޭ ސިޓީ/ލިޔުންތައް ލިޔެ ޤަވާއިދުން ފޮނުވުން
  2. އަމިއްލަ ފަރާތްތަކުން މިނިސްޓަރ އަރިހަށް ފޮނުވާ ސިޓީތަކުގެ ތެރެއިން އެގްޒެކެޓިވް ސެކްރެޓޭރިއަޓުން ޖަވާބުދޭންޖެހޭ ލިޔުންތަކަށް ސެކްޝަން ހިންގުމާ ޙަވާލުވެ ހުރި ވެރިޔަކު ޓާސްކުފޮނުވުމުން ލިޔެ ތައްޔާރުކޮށް އެފަދަ ލިޔުންތަކާ ގުޅިގެން އެކި އޮފީސްތަކަށް ފޮނުވަންޖެހޭ ސިޓީތައް ޤަވާޢިދުން ފޮނުވުން.
  3. މިނިސްޓަރއާއި ސިޔާސީ ބޭފުޅުން ރާއްޖެ ތެރެއަށާއި، ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ އިންތިޒާމްތައް ހަމަޖައްސައި، ދަތުރުތަކުގައި ބައިވެރިވާން ޖެހޭ ޙާލަތްތަކުގައި ބައިވެރިވެ، ދަތުރު ނިމުމުން ދަތުރު ޕްރޮގްރާމާއި ދަތުރު ރިޕޯޓް އަދި ޚަރަދު ތަފްޞީލް ތައްޔާރުކޮށް ބަޖެޓާއި ހަވާލުކުރުން.
  4. މިނިސްޓަރއާއި ސިޔާސީ ބޭފުޅުން އަރިހަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެހެމާންދާރީ އަދާކުރުމުގެ ގޮތުން އެބޭފުޅުން ރިސީވް ކުރުމާއި، ސައިފޮދުގެ އިންތިޒާމް ހަމަޖެއްސުމާއި، ހަދިޔާ އަރުވަން ޖެހޭ ބޭފުޅުންނަށް ހަދިޔާ އެރުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި އަދި ބޭނުންވާ ހަދިޔާ ހޯދާފައި ބެހެއްޓުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  5. ސެކްޝަންގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިއުމާއި، ދުވަހުންދުވަހަށް ފައިލްކުރުމާއި، އަދި ސެކްޝަނަށް އަންނަ ސިޓީތައް އެންޓްރީކުރުމާއި ގެންދަންޖެހޭ ފަރާތްތަކަށް ގެންދިއުން.
  6. ސިޔާސީ ބޭފުޅުން މިނިސްޓްރީ ތަމްސީލް ކުރުމަށް ވަޑައިގަންނަވާ އެކިއެކި ބައްދަލުވުންތައް އެޑްމިނިސްޓްރޭޓިވް ޔުނިޓުން އެންގެވުމުން އެބައްދަލުވުމަކަށް ވަޑައިގަންނަވާ ބޭފުޅަކަށް ދަންނަވާ އެބައްދަލުވުމަކަށް އެބޭފުޅަކު ވަޑައިގަންނަވާތޯ ބެލުން.
  7. މިނިސްޓަރގެ އެޕޮއިންޓުމަންޓުތައް ހަމަޖެއްސުމުގެ މަސައްކަތްކުރުމާއި އެފަރާތްތަކަށް އެންގުން. އަދި ބައްދަލުވުމުގެ ޔައުމިއްޔާލިޔެ ސެކްޝަންގެ ވެރިއަކަށް ދައްކައި ޤަވާޢިދުން ފައިލްކުރުން.
  8. މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ސެކްޝަން ހިންގަވަން ހުރި ވެރިއަކަށް ދައްކައި ޕުރިންޓުނަގައި ސޮއި ކުރުވުމަށްފަހު ފައިލުކޮށް ބެލެހެއްޓުން.
  9. މިނިސްޓަރާއި ސިޔާސީ ބޭފުޅުން އޮފީހުގައި ނޫޅުއްވާ ވަގުތުތަކުގައި ބައްދަލުކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުންނާ ބައްދަލުކޮށް ސެކްޝަން ހިންގަވާ ވެރިޔެއްގެ މަޝްވަރާއާއިއެކު އެހީތެރިވެދެވެން ހުންނަ ކަންކަމުގައި އެހީތެރިވެދިނުން.
  10. ސިޔާސީ ބޭފުޅުންނަށް އަންނަ ލިޔުންތައް ކައުންޓަރުން ޙަވާލުވުމަށްފަހު އެބޭފުޅަކަށް ރައްދު ކުރުން.
  11. މިނިސްޓަރާއި، އެގްޒެކެޓިވް ސެކްރެޓޭރިއެޓްގެ ފަރާތުން ބަލަހައްޓަވާ ސިޔާސީ ބޭފުޅުންގެ ބިޒްނަސް ކާޑް ތައްޔާރު ކުރުމާއި، ޕާސްޕޯޓް ހެއްދުމާއި، އޮފީސްކާޑު ހެއްދުމުގެ މަސައްކަތްތައް ކަމާގުޅޭ ސެކްޝަންތަކަށް ހުށައަޅައިގެން ކުރުމާއި މިނިސްޓަރާއި، މިނިސްޓަރގެ އާއިލާގެ ބޭފުޅުންގެ ތެރެއިން ޤާނޫނުން އެޢިނާޔަތް އަރުވާފައިވާ ބޭފުޅުންގެ ހެލްތު އިންޝުއަރެންސްގެ އިންތިޒާމްތައް ހަމަޖެއްސުން.
  12. މިނިސްޓަރ އަރިހަށް އަންނަ ހުރިހާ ލިޔުންތަކެއް ކައުންޓަރުން ޙަވާލުކުރުމުން ސެކްޝަން ހިންގަވަން ހުރި ވެރިއެއްގެ އަރިހަށް ގެންދިއުން. އަދި އެހެން ސެކްޝަނަކާ ޙަވާލުކުރުމަށްދޭ ލިޔުންތައް ކައުންޓަރާ ޙަވާލުކުރުން.
  13. ސެކްޝަނުން ހަދަންޖެހޭ ބަޖެޓް ކަނޑައެޅިފައިވާ ތާރީޚަށް ހަދާ ވެރިންގެ މަޝްވަރާއާއެކު ބަޖެޓް ސެކްޝަނަށް ފޮނުވުން.
  14. އެގްޒެކެޓިވް ސެކްރެޓޭރިއެޓްގެ އެކްޝަން ޕްލޭނާއި އެކްޝަން ޕްލޭން ޕްރޮގްރެސް ސެކްޝަން ހިންގަވަން ހުންނަވާ ވެރިއަކާ މަޝްވަރާކޮށްގެން ހަދާ ޕްލޭނިންގ ސެކްޝަނާ ހަވާލުކުރުން.
  15. ޤައުމީ ފެންވަރެއްގައި ފާހަގަކުރާ ދުވަސްތަކާއި، އެހެނިހެން މުނާސަބަތުތަކުގެ ތެރެއިން މިނިސްޓަރ އަންގަވާ މުނާސަބަތުތަކަށް ތަޙުނިޔާ ކާޑު ޑިޒައިންކުރަން ޖެހިއްޖެނަމަ ޑިޒައިންކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  16. ސެކްޝަނަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދީ އަދި ވެރިންނާއި މަޝްވަރާކޮށްގެން ޖަވާބުދޭންޖެހޭ މައްސަލަތަކުގައި ވެރިޔަކާއި މަޝްވަރާކޮށް ވިދާޅުވާގޮތެއްގެ މަތިން ވަގުތުން ޖަވާބުދިނުން.
  17. އެގްޒެކެޓިވް ސެކްރެޓޭރިއެޓްގެ ފަރާތުން ބައިވެރިވާން ޖެހޭ ވޯރކްޝޮޕް/ ސެމިނަރ/ ޓެރެއިނިންގ ތަކުގައި ކަނޑައެޅޭ ގޮތެއްގެ މަތިން ބައިވެރިވުމާއި، މިނިސްޓްރީއަށް ދިމާވާ ކުއްލި އިމަރޖެންސީ / މިނިސްޓްރީގެ ފަރާތުން ކުރާ ރަސްމީ ޚާއްޞަ މަސައްކަތްތަކުގައާއި، ސެކްޝަނުގެ އެހެން މުވައްޒަފުންގެ މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވެދިނުން. އަދި، މިނިސްޓަރސް ބިއުރޯގެ މުވައްޒަފަކު ނެތް ހާލަތެއްގައި ސެކްޝަނުގެ ވެރިއަކު ވިދާޅުވާގޮތެއްގެ މަތިން އެމުވައްޒަފެއްގެ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.    

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ނެތް

 

ޕްރިފަރޑް ޑިސިޕްލިންތައް:

ނެތް

 

މަޤާމުގެ ކޯ ޑިސިޕްލިންތައް:

ނެތް

މަޤާމުގެ މަސައްކަތު ދާއިރާތައް:

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.mohst.gov.mv ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް  ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 ޖުލައި 11 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ، 2024 ޖުލައި 14 އާއި 25 އާ ދެމެދު، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3031543 ނުވަތަ 3031542 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

                                 28 ޛުލްޙިއްޖާ 1445
04 ޖުލައި 2024