ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)475-HR/475/2024/112
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 09:14
ސުންގަޑި: 11 ޖުލައި 2024 13:30
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސިވިލް އިންޖިނިއަރ

  އިޢުލާނު

މަޤާމު:

ސިވިލް އިންޖިނިއަރ

ބޭނުންވާ އަދަދު:

1

މަޤާމުގެ މުއްދަތު:

12 މަސް ދުވަސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

މުސާރަ:

-/30,000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަރުކާރުން ކަނޑައަޅާ އުސޫލަކުން ރަމަޟާން މަހުގެ ޢިނާޔަތުގެ ފައިސާ.
  2. ދަތުރު ކުރަން ޖެހޭނަމަ، ސަރުކާރުން ހަމަޖައްސާފައި އުސޫލުން ދަތުރު ޚަރަދު.

އެހެނިހެން ޢިނާޔަތްތައް:

  1. ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން މުސާރައިން ކަނޑާ ވަކި މިންވަރެއް ޕެންޝަން ފަންޑަށް ޖަމާކުރެވެމުން ދާނެއެވެ.
  2. ދެވަނަ އަހަރަކަށް ވަޒީފާ އެއްބަސްވުން އިތުރު ކުރެވިފައިވާނަމަ އަހަރެއްގެ މައްޗަށް މަސައްކަތު 30 (ތިރީސް) ދުވަހުގެ ޗުއްޓީ މުސާރަ ލިބޭ ގޮތަށް ލިބޭނެއެވެ.
  3. އަހަރެއްގެ މައްޗަށް 30 (ތިރީސް) ދުވަހު (މުސާރަ ލިބޭގޮތަށް) ސަލާމުގެ ޗުއްޓީ ނެގިދާނެއެވެ.
  4. އާއިލާއަށް އަދާކޮށްދޭން ޖެހޭ ޒިންމާއެއް އަދާކުރުމަށް އަހަރެއްގެ މައްޗަށް 10 (ދިހައެއް) ދުވަހުގެ އާއިލީ ޒިންމާގެ ޗުއްޓީ މުސާރަ ލިބޭގޮތަށް ލިބޭނެއެވެ.
  5. ނަންބަރު 2، 3، 4 ގައިވާ ޗުއްޓީތަކުގެ އިތުރު ދުވަހެއްގެ ޗުއްޓީ މުސާރަ ލިބޭގޮތަކަށް ނުލިބޭނެއެވެ. މުސާރަ ނުލިބޭ ގޮތަށް 30 (ތިރީސް) ދުވަހަށްވުރެން އިތުރަށް ޗުއްޓީގައި ހުރެއްޖެނަމަ ވަޒީފާއިން ވަކިކުރެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

މި ޢިއުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓީ.އޯ.އާރު ގައި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް ހިމަނާފައިވާނެއެވެ.

ރިޕޯޓްކުރުން

  1. ސިވިލް އިންޖިނިއަރ ވަޒީފާގެ މުއްދަތުގައި، ކަމާގުޅޭ ގޮތުން ރިޕޯރޓް ކުރާނީ ޕްރޮޖެކްޓް މެނޭޖަރަށެވެ.
  2. ޕްރޮޖެކްޓްގެ މަސައްކަތާ ގުޅިގެން ހުށަހަޅަންޖެހޭ އެންމެހާ ރިޕޯޓްތައް، ކަމާބެހޭ ފަރާތްތަކަށް، ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވަމުން ގެންދެވޭކަން ސިވިލް އިންޖިނިއަރ ކަށަވަރުކުރަންވާނެއެވެ.
  3. ސިވިލް އިންޖިނިއަރ އާންމުކޮށް މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތަކީ ރަސްމީ ދުވަސްދުވަހުގެ 08:00 ން 15:00 އަށެވެ.
  4. ދަތުރެއްގައި އުޅޭއިރު އެ ދަތުރެއްގައި ކުރަން ކަނޑައެޅުނު މަސައްކަތެއް ކޮށް ނިންމުމަށް ވަގުތު ހޭދަކުރަންވާނެއެވެ.
  5. ސިވިލް އިންޖިނިއަރ ގެ ރަސްމީ ގަޑީގެ ހެދުމަކީ، ސަރުކާރުގެ ރަސްމީ ހެދުމެވެ.

މަޤާމުގެ ޝަރުޠުތައް:

ސިވިލް އިންޖިނިއަރިންގ ނުވަތަ ކޮންސްޓްރަކްޝަން ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ފެންވަރުގެ ސަނަދެއް ޙާސިލްކޮށްފައި ވުމާއެކު، ޕްރޮޖެކްޓް ބެލެހެއްޓުމުގައި ކޮންސްޓްރަކްޝަން ނުވަތަ ސިވިލް އިންޖިނިއަރިންގ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ވަޒީފާއަށް އެދޭކަން ބަޔާން ކުރާ ސިޓީއެއް.

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.  ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  ތަޢްލީމީ ސެޓްފިކެޓް ދޫކޮށްފައިވަނީ، މަތީތަޢުލީމު ދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ކަމުގައި ވާނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ސެޓްފިކެޓްގެ ފެންވަރު/ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތެއްގައި، ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  ތަޢްލީމީ ސެޓްފިކެޓް ދޫކޮށްފައިވަނީ ރާއްޖޭގެ މަތީތަޢްލީމު ދޭ މަރުކަޒަކުން ކަމުގައި ވާނަމަ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ނަމަ އެކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ޕްރެކްޓިޝަނަރސް ރެޖިސްޓަރީގައި ހިމެނިފައިވާ ކަމުގެ ލިޔުމުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތަކާއި ޕޮއިންޓް ލިބޭނެގޮތް:

ހ. ސިވިލް އިންޖިނިއަރިންގް ނުވަތަ މަސައްކަތުގެ ދާއިރާއާ ގުޅޭ ގޮތުން ލިބިފައިވާ ތަޖުރިބާ.

(އަހަރަކަށް 5 މާކްސް ، 35 މާކްސްއަށް ވުރެ އިތުރު ނުވާނޭހެން)

35 ޕޮއިންޓް

ނ. ވަޒީފާއާއި ގުޅުންހުރި ދާއިރާއިން ލިބިފައިވާ ލެވެލް 9ގެ ސެޓްފިކެޓް.

15 ޕޮއިންޓް

ރ. ވަޒީފާއާއި ގުޅުންހުރި ދާއިރާއިން ލިބިފައިވާ ލެވެލް 7ގެ ސެޓްފިކެޓް.

10 ޕޮއިންޓް

މަތީގައިވާ ގޮތަށް ޕޮއިންޓް ދިނުމުން އެންމެ ގިނަ ޕޮއިންޓް ލިބޭ 3 ފަރާތެއް އިންޓަރވިއުކުރެވޭއެވެ.

ބ. އިންޓަވިއު/ ޓެސްޓް

40 ޕޮއިންޓް

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 3 ފަރާތެއް ޝޯޓްލިސްޓްކުރެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 ޖުލައި 11 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

04 ޖުލައި 2024