ޢާންމު މަޢުލޫމާތު
ނަންބަރު: (FRM)468-IMS/468/2024/3
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 08:12
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކުގައި ހުރި ހުސްބިންތަކާއި މަގުތަކަށް ކުނި އެޅުން މަނާކުރުމާއި ގުޅޭ:

            ފުވައްމުލަކު  އެކި ސަރަހައްދުތަކުގައި ހުރި ހުސްބިންތަކަށާއި މަގުތަކަށް (އިސާނާއިބު މަގު އަދި ކަރާން އަލިކިލެގެ މަގު ހިމެނޭގޮތަށް) އެކި އެކި ފަރާތްތަކުން ކުނި އަޅަމުންދާކަން އަންނަނީ ފާހަގަ ކުރެވެމުންނެވެ. މިއީ މިކަމުގެ ސަބަބުން އެހިސާބުތަކުގައި ވަސް ނުބައިވެ އެހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އުދަގޫވުމާއި ސިއްޚީ މައްސަލަތަކާއި ކުރިމަތިލާން ޖެހިދާނެކަމެކެވެ. ހަމަ އެހެންމެ، މިގޮތަށް އަޅާ ކުނީގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވުމުގެ އިތުރުން ރަށުގެ ޤުދުރަތީ ރީތިކަން ގެއްލެމުންދާކަން ވެސް ފާހަގަ ކުރެވެއެވެ. އަދި، ކައުންސިލުން އެކިފަހަރު މަތިން އިއުލާން ކުރެވިފައި ވީނަމަވެސް މިއަދާއި ހަމަޔަށްވެސް މިކަމަށް އެދެވިގެންވާ އެއްބާރުލުން ލިބިފައިނުވެއެވެ. މިކަމާއި ގުޅިގެން ރައްޔިތުންގެ ޝަކުވާތައް އަންނަނީ ތަކުރާރުކޮށް މިއިދާރާއަށް ލިބެމުންނެވެ. އެހެންކަމުން ފުވައްމުލަކުގެ އެކި އެކި ސަރަހައްދުތަކުގައި ހުރި ހުސްބިންތަކަށް އެއްވެސް ބާވަތެއްގެ ކުނި ނޭޅުމަށް ތަކުރާރުކޮށް އަންގަމެވެ.

           ޤާނޫނު ނަންބަރ 93/4  ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ރާއްޖޭގެ ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ރާއްޖޭގެ ސަރަހައްދުގައި އެއްވެސް ތަނަކަށް ކުނި އެޅުމަކީ މަނާކަމެކެވެ. އަދި ދަންނަވަމެވެ، ޤާނޫނު ނަންބަރ 11/2010 ޢާންމު ޢިޖުތިމާއީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުން ކައުންސިލަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާގެ ދަށުން މިފަދަކުށްތައް ކުރަމުން އަންނަ ފަރާތްތަށް ފާހަގަ ކުރުމަށްފަހު އެފަރާތްތަކާއި މެދު ގާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅުއަޅާނެ ވާހަކަވެސް އަންގައި އިޢުލާންކުރަމެވެ.

03 ޖުލައި 2024