ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)25-A5/1/2015/
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2015
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 02 ޖޫން 2015 12:00
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއެވެ.  

މާޤާމު: ސީނިއަރ ޑެސްކް އޮފިސަރ

ރޭންކް: އެމް.އެސް 2

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2 

މުސާރަ: 6295.00 ރުފިޔާ

ބޭނުންވާ އަދަދު: 1

ސަރވިސް އެލަވަންސް:. -/2000 ރުފިޔާ 

ސްޕެޝަލް އެލަވަންސް: މުސާރައިގެ %35

ސެކްޝަން: ހިއުމަން ރައިޓްސް އެންޑް ލީގަލް ޑިވިޜަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  • ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ އިންސާނީ ހައްޤުތަކާބެހޭ މައިގަނޑު މުޢާހަދާތަކާ ގުޅިގެން ދައުލަތުން ހުށަހަޅަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން
  • ރާއްޖޭގެ އެކި އިދާރާތަކާއި ސަރުކާރަށް މުހިންމު ބައިނަލް އަޤުވާމީ ޖަމުޢިއްޔާތަކާއި މުޢާހަދާތަކުގައި ބައިވެރިވުމަށް ކުރަންޖެހޭ މަސައްކަތްތައް
  • ޓްރީޓީ ބޮޑީތަކަށް ރާއްޖޭން ހުށަހަޅައިފައިވާ ޓްރީޓީ ރިޕޯޓުތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން
  • ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލް އަޤުވާމީ މުޢާހަދާތައް ދަސްކޮށް ދިރާސާކުރުން.
  • ބައިނަލް އަޤުވާމީ މުޢާހަދާތަކާ އެއްގޮތަށް ރާއްޖޭން ޢަމަލުކުރުމަށްކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އެކަމާބެހޭ މިނިސްޓްރީތަކުން ހޯދާ، އެމަޢުލޫމާތު ބައިނަލް އަޤުވާމީ މުޖުތަމަޢުއާ ހިއްސާކުރުމަށް ކުރަންޖެހޭ ކަންތައްތަކުގައި ސުޕަވައިޒަރަށް އިދާރީ ގޮތުން އެހީތެރިވެދިނުން
  • ދިވެހިރާއްޖެ އިން އެކްސީޑް ކުރަން ބޭނުންވާ މުޢާހަދާތަކާ ބެހޭގޮތުން ކެބިނެޓް ބްރީފް ތައްޔާރުކުރުމަށް އެހީތެރިވެދިނުން
  • ކްރެޑެންޝަލްސް އާއި އިންސްޓްރުމަންޓް އޮފް އެކްސެޝަންފަދަ ޤާނޫނީ ލިޔެކިއުންތައް ތައްޔާރު ކުރުމަށް އެހީތެރިވެދިނުން.
  • ބައިނަލްއަޤްވާމީ ޤާނޫނާއި އިންސާނީ ޙައްޤުތަކާ ގުޅުންހުރި ބައްދަލުވުން ތަކާއި ސެމިނާ، ސިމްޕޯޒިމް އަދި ވޯކްޝޮޕް ތަކުގައި ދިވެހިރާއްޖެއިން ބައިވެރިވާ މިފަދަ ބައްދަލުވުންތައް އިންތިޒާމުކުރުން.
  • ސެކްޝަންގެ މަސައްކަތާ ގުޅުންހުރި، އެއަހަރަކަށް ކަނޑައެޅިފައިވާ ޤައުމީ އަދި ބައިނަލްއަޤުވާމީ ބައްދަލުވުން ތަކުގައި ދިވެހިރާއްޖޭން ބައިވެރިވުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

  • މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯސިއަލް ސްޓަޑީސް، އިކޮނަމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން) މިފަދަ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމު މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ)  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމު މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމު މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މާޤާމު: ސީނިއަރ ޑެސްކް އޮފިސަރ

ރޭންކް: އެމް.އެސް 2

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2

މުސާރަ: 6295.00 ރުފިޔާ

ބޭނުންވާ އަދަދު: 1

ސަރވިސް އެލަވަންސް: 2000.00 ރުފިޔާ

ސްޕެޝަލް އެލަވަންސް: މުސާރައިގެ %35

ސެކްޝަން: ކޮންސިއުލަރ ސަރވިސް ޑިވިޜަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  • ތަފާތު އެކި މައްސަލަތަކާ ގުޅިގެން ރާއްޖެއިން ބޭރުގައި ހައްޔަރުކުރެވޭ ދިވެހިންގެ މަޢުލޫމާތު ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއި އަދި އެމީހެއްގެ އާއިލާއާ ހިއްސާކޮށް އެމައްސަލައާގުޅިގެން މިނިސްޓްރީއިން ކުރަންޖެހޭ އެންމެހައި މަސައްކަތް.
  • ތަފާތު އެކި ސަބަބުތަކާހުރެ ރާއްޖެއިން ބޭރުގައި ހާލުގައި ޖެހޭ  ދިވެހިންގެ މަޢުލޫމާތު ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއި އަދި އެމީހެއްގެ އާއިލާއާ ހިއްސާކޮށް އެމައްސަލައާގުޅިގެން މިނިސްޓްރީއިން ކުރަންޖެހޭ އެންމެހާ މަސައްކަތް.
  • ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނާގުޅޭ ގޮތުން މިނިސްޓްރި އިން ކުރަންޖެހޭ މަސައްކަތްތައްކުރުން.
  •  ދިވެހިރައްޔިތަކަށް ވުމަށް އެދޭ ބީދެސީން އެކަމަށް އެދި މި މިނިސްޓްރީ އަށް ހުށަހެޅުމުން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެމަސައްކަތް ކުރުން.
  • ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ވިސާ ހޯދަން ޖެހޭ ފަރާތްތަކަށް ރާއްޖެއަށް އެކްރެޑިޓްކޮށްފައި ކޮލަމްބޯ، ނިއުދިއްލީ، ސިންގަޕޫރުގައި ހުންނަ މިޝަންތައް މެދުވެރިކޮށް ވިސާ ލިބޭނޭ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރުން.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު؛

  • މަޤާމު މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯސިއަލް ސްޓަޑީސް، އިކޮނަމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން) މިފަދަ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ)  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މާޤާމު: ސީނިއަރ ޑެސްކް އޮފިސަރ

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2 

ރޭންކް: އެމް.އެސް 2

މުސާރަ: 6295.00 ރުފިޔާ

ސަރވިސް އެލަވަންސް: 2000.00 ރުފިޔާ

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ %35

ސެކްޝަން: ޕޮލިސީ ޕްލެއިނިންގ ޑިވިޜަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  • ސަރުކާރުގެ ޚާރިޖީ ސިޔާސަތު ހާސިލުކުރުމަށް ބޭނުންވާ އެކި ސްޓްރެޓެޖީޒްތައް އެކުލަވާލުމުގެ މަސައްކަތާ ގުޅިގެން ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރުން؛
  • ޚާރިޖީ ވުޒާރާގެ 'ސްޓްރެޓެޖިކް ޕްލޭން' ތަންފީޒު ކުރެވޭ މިންވަރު ދެނެގަތުމަށް ކުރެވޭ މަސައްކަތާ ގުޅިގެން ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރުން؛
  • ރާާއްޖެއާ ގުޅުން ބަދަހިކުރެވިފައިވާ ހުރިހާ ޤައުމަކާ ގުޅޭގޮތުން ރާއްޖެއިން ގެންގުޅޭނެ ސިޔާސަތާބެހޭ ލިޔުންތައް ތައްޔާރުކުރުމަށް އެހީތެރިވެދިނުން
  • ދުނިޔޭގެ ސިޔާސީ އަދި އިޤުތިޞާދީ މަސްރަހަށް އަންނަ އެކި ބަދަލުތައް ދެނެގަތުމަށް އެކި ޚަބަރުތައް ކިޔައި،  ކަނޑައެޅިފައި އޮންނަ ގަވާއިދުން ޑިވިޜަންގެ ވެރިންނާއި ހިއްސާކުރުން؛
  • ދިވެހި ސަރުކާރުން އެކި ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމުގައި ގެންގުޅުއްވަންޖެހޭ މިންގަނޑުތަކާ ގުޅޭގޮތުން ތައްޔާރުކުރެވޭ ޕޭޕަތުތައް ތައްޔާރު ކުރުމަށް އެހީތެރިވެދިނުން؛
  • ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަން އަދި ކޮންސިއުލަރ އޮފީސްތަކަށް ރާއްޖޭގެ ސިޔާސަތުތަކާ ގުޅޭގޮތުން ތައްޔާރު ކުރެވޭ ބްރީފް ޕޭޕަރުތައް ތައްޔާރުކުރުމަށް އެހީތެރިވެދިނުން؛
  • ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ބޭނުންވާ ޕޮލިސީ ބްރީފް ތައްޔާރު ކުރުމަށް އެހީތެރިވެދިނުން؛
  • ބައިނަލް އަޤުވާމީ އިންތިހާބްތަކުގައި ރާއްޖޭގެ ތާއީދު ގެންގުޅޭނެ ގޮތާގުޅޭގޮތުން ކުރެވޭ ދިރާސާތަކަށް އެހީތެރިވެދިނުން؛

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

  • މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯސިއަލް ސްޓަޑީސް، އިކޮނަމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން) މިފަދަ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަގާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

އިނާޔަތް:

އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރައްވަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ވަޒީފާއަށް އެންމެ ޤާބިލުފަރާތް ހޮވުމަށް ބެލޭނެކަންތައްތަށް

  • ތަޢުލީމާއި ތަމްރީން %50                             
  • މަސައްކަތުގެ ތަޖުރިބާ     % 12                                     
  • ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް %38)

އިންޓަރވިއު އޮންނާނެ މުއްދަތު

އިންޓަރވިއު އޮންނާނީ 14-7 ޖޫން 2015އާ ދެމެދުގެ ތާރީޚެއްގައެވެ. އިންޓަރވިއު އޮންނާނެ ސީދާ ދުވަސް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް އެންގޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

02 ޖޫން 2015 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް

ހުށަހަޅަންޖެހޭ ތަކެތި

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓް www.foreign.gov.mv އިން އަދި މިއިދާރާއިން ލިބެން ހުންނާނެއެވެ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)
  • ސަރުކާރު ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޟްނެތްކަމުގެ ލިޔުން.
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު)

ސަމާލުކަމަށް

އިސްވެ ދެންނެވުނު ތަކެތި ހަމަނުކުރައްވާ ހުށަހަޅުއްވާ ފޯމްތައް ބާތިލްކުރެވޭނެއެވެ.

އަދި ޝަރުޠުހަމަވާ ފަރާތްތައް ޝޯރޓް ލިސްޓްކޮށް، އިންޓަވިއު ކުރުމަށްފަހު މަޤާމުތަކަށް ހޮވިވަޑައިގަންނަވާ ބޭފުޅުންނަށް އެކަން މިނިސްޓްރީއިން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304184 އަށް ގުޅުއްވުން އެދެމެވެ.

އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

21 މޭ 2015