ވަޒީފާގެ ފުރުޞަތު
ނަންބަރު: HMH | IUL | 2024 |097
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 10 ޖުލައި 2024 14:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ރެޖިސްޓަރޑް ނާރސް

 

ނަންބަރު: HMH | IUL | 2024 |097

ވަޒީފާގެ ފުރުޞަތު

 

މަޤާމު

ރެޖިސްޓަރޑް ނާރސް

މަޤާމްގެ ގިންތި

ވަޤުތީ ( 6 މަސް)   

މަޤާމުގެ ރޭންކް

ޕީ.އެސް 5 ، ޕީ.އެސް 7

މަސައްކަތް ކުރަންޖެހޭ ތަން:

ނާރސިންގ ޑިޕާޓްމަންޓް

މަޤާމުގެ މުސާރައާއި އެލަވަންސްތައް:

ހާޒިރީ އެލަވަންސް

މަޤާމުގެ އެލަވަންސް

އަސާސީ މުސާރަ

ރޭންކް

މަޤާމު

144.00 ރުފިޔާ

5333.00 ރުފިޔާ

11428.00 ރުފިޔާ

ޕީ.އެސް 5

ރެޖިސްޓަރޑް ނާރސް

165.00 ރުފިޔާ

6094.00 ރުފިޔާ

13057.00 ރުފިޔާ

ޕީ.އެސް 7

ރެޖިސްޓަރޑް ނާރސް

 

މަގާމަށް އައްޔަށްންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް:

މޯލްޑިވްސް  ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގައި ރަޖިސްޓްރީކޮށް، އަދާހަމަ ޕްރެކްޓިސިންގ ލައިސަންސް ލިބިފައިވުން

އިތުރު އިނާޔަތްތައް

 1.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 2.   ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 1- ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުމާއި އަދި ބަލިމީހުންނަށް ކެއަރ ދެވޭނޭގޮތް އަދި މިކަމުގައި އިޚްލާޞްތެރިކަމާއިއެކު އެމީހުންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ބޭނުންތަކަށް ރައްކާތެރިވުން.

 2- ބަލިމީހުންނަށް ދިމާވާ އާދަޔާ ޚިލާފް ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯރޓްކުރުމާއި އަދި ރިފަރކޮށްފައި ތިބޭމީހުން އެޑޮކްޓަރަކަށް އެންގުން.

 3- ޑޮކްޓަރުގެ ލަފާގެމަތިން ބަލިމީހުންނަށް ދެވޭފަރުވާ ރީހެބިލިޓޭޝަންއާއި ބެހޭގޮތުން އެމީހުންނަށް މަޢުލޫމާތު ދިނުން.

 4- ދިމާވާ އިމަރޖެންސީތައް ވަގުތުން ކަމާބެހޭ ޑޮކްޓަރުންނަށް އެންގުމާއި، ޑޮކްޓަރ އަންނަންދެން އެފަދަ އިމަޖެންސީތައް މެނޭޖްކުރުން. 

 5- ބަލިމީހުންނާއިބެހޭ ކަންތައްތަކުގައި ޑޮކްޓަރުންނާއި އަދި ހޮސްޕިޓަލުގެ ލެބޯޓްރީ، އެކްސްރޭ ފަދަ އެހެނިހެން ޑިޕާރޓްމަންޓްތަކާއި ދެމެދު މުވާސަލާތު ހިންގުން.

 6- ބަލިމީހާއާއި ބަލިމީހާގެ ޢާއިލާތަކުން ބަލިން ރައްކާތެރިވުމާއި ފަރުވާކުރުމާއި ކެއަރއާ ބެހޭގޮތުން ކުރާ ސުވާލުތަކަށް ޖަވާބުދީ އޮޅުންފިލުވައި ދިނުން.

 7-  ބަލިމީހުންނަށް ލިޔެދީފައި ހުންނަ ޑޮކްޓަރީ ބޭހާ އެއްގޮތަށް ފަރުވާދީ، އެ ފަރުވާއަށް ބަލިމީހާގެ ހާލަތު ބަދަލުވަމުން އަންނަ ގޮތް ބަލަމުން ގެންދިއުމާއި ބަލިމީހާއަށް ޚާއްޞަ ޞިއްޙީ ޕްރޮފެޝަނަލުންގެ ޚިދުމަތް ބޭނުންވާ ހާލަތްތަކުގައި އެކަންތައްތައް ފެސިލިޓޭޓް ކޮށްދިނުން.

 8- ބަލިމީހާގެ ޞިއްޙީ މައުލޫމާތާއި ދެވުނު ބޭސްފަރުވާގެ މައުލޫމާތު ރެކޯޑްކުރާ ނިޒާމުގައި ލިޔެ އަދާހަމަ ކުރުން.

މަޤާމުގެ ޝަރުތުތައް:

 ރެޖިސްޓަރޑް ނަރސް (ޕީ.އެސް 5)

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ރެޖިސްޓަރޑް ނަރސް (ޕީ.އެސް 7)

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8  ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއާއި ގުޅޭ މަސައްކަތުގެ ދާއިރާތައް:

  ނާރސިންގ 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ https://www.hmh.gov.mv/downloads/job_application.pdf))
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  3. ޕޮލިސް ރިޕޯޓް
  4. އެޓެސްޓް ކޮށްފައިވާ މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގެ އަދާހަމަ ރެޖިސްޓްރޭޝަން އަދި ލައިސެންސް
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  6. ވަޒީފާ އަދާކުރަމުންދާނަމަ،އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 ޖުލައި 10 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ  [email protected]  އަށެވެ

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.    

03 ޖުލައި 2024

 

 

 

03 ޖުލައި 2024