ދިވެހިރާއްޖެ
އަތޮޅުފެންވަރުގައި މިނިވަންދުވަސްފާހަގަކުރުމުގެ ގޮތުން އަތޮޅުކައުންސިލުން އިންތިޒާމުކޮށްގެން މިރަށުގައި ބާއްވާ އަންހެން އަދި ފިރިހެން ވޮލީއާއި ފުޓުބޯޅަ މުބާރާތުގައި އދ.މާމިގިލީން ބައިވެރިވާ ޓީމްތަކުގެ ޖާރޒީ މި އިދާރާއިން ދައްކާ ނަމޫނާއަކާއި އެއްގޮތަށް ޕްރިންޓް ކޮށްދޭނެފަރާތެއް ހޯދަންބޭނުން ވެއްޖެ އެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުން އޮންނާނީ 2024 ޖުލައި 4 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އދ.މާމިގިލީ ކައުންސިލްގެ ޖަލްސާކުރާމާލަމުގަ އެވެ. އަދި މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެނުލައްވާ ފާރާތްތަކަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެ ވާހަކަދަންނަވަމެވެ. ބިޑުހުށައެޅުން އޮންނާނީ 2024 ޖުލައި 8 ވާ ހޯމަދުވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލްގެ އިދާރާއަށެވެ. އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު އޮންނާނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ .