ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލް އިދާރާއަށް ޤާނޫނީ ލަފާދިނުމަށް "ލޯ ފާރމް" އެއްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލް އިދާރާއަށް ބޭނުންވާ އެންމެހައި ކަންކަމުގައި ޤާނޫނީ ލިޔުންތައް ތައްޔާރުކޮށްދިނުމާއި، އެކިއެކި ފަރާތްތަކާއިއެކުވެވޭ އެއްބަސްވުންތަކާމެދު ޤާނޫނީގޮތުން ބޭނުންވާ ލަފާދިނުމާއި، ކައުންސިލަށް ކުރާ ދަޢުވާއާއި ލިބޭ ދަޢުވާތައް ދިރާސާކޮށް ކޯޓުތަކުގައާއި ޓުރައިބިއުނަލްތަކުގައި ކައުންސިލްގެ ފަރާތުން ވަކާލާތުކޮށްދިނުމަށް ލޯ ފާރމެއްގެ ޚިދުމަތް 1 އަހަރު ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 ޖުލައި 2024 އިން 10 ޖުލައި 2024އަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 12:00 އާއި ދެމެދު މިއިދާރާގެ ނަމްބަރު 6563800 ފޯނަށްގުޅައި، މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.ޕްރޮޕޯސަލް ހުށަހެޅޭނީ މިމުއްދަތުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާ ފަރާތްތަކަށެވެ.
| 
 
  | 
 ތަން  | 
 ދުވަސް  | 
 ތާރީޚު  | 
 ގަޑި  | 
| 
 އަންދާސީހިސާބު ހުށަހެޅުން  | 
 ނ.ވެލިދޫ ކައުންސިލް އިދާރާ  | 
 އަންގާރަ  | 
 16 ޖުލައި 2024  | 
 13:30  | 
މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.