ދިވެހިރާއްޖެ
26 ޖުލައި 2024 ގައި ފަށަން ހަމަޖެހިފައިވާ މަޑަވެލި ކައުންސިލް ފުޓްސަލް ފިއެސްޓަރ 2024ގައި ރެފްރީކަން ކޮށްދޭނެ 2 ރެފްރީން ހޯދަން ބޭނުންވެއްޖެއެވެ. ޝައުގުވެރިވާ ފަރާތްތަކުން 10 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން ސިޓީއަކުން ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް ރެފްރީކަމުގެ ލައިސަންސްގެ ކޮޕީއާއި، އައި.ޑީ.ކާޑު ކޮޕީއާއިއެކު ހުށަހެޅުއްވުން އެދެމެވެ.
ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތެއްގެ ޓްރާސްޕޯރޓް (ކަނޑާއި ވައިގެ) ހަމަޖެހިގެން ދާނެއެވެ. އަދި މެޗް ބޯނަސްގެ ގޮތުގައި އޮފިޝަލްކަން ކުރާ ކޮންމެ މެޗަކަށް -/450ރ ހަމަޖެހިގެން ދާނެއެވެ. މަޑަވެލީގައި އަދި ހުވަދުއަތޮޅުގައި ދިރިއުޅޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7332200 ނަމްބަރާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.