ވަޒީފާގެ ފުރުޞަތު
ނަންބަރު: IL-KPL/2024/011
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 09:20
ސުންގަޑި: 16 ޖުލައި 2024 13:00
ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނިން ހުސްވެފައިވާ މަޤާމުތަކަށް މުވައްޒަފުން ހޯދުމަށްޓަކައި މިމަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ވަޒީފާގެ ފުރުޞަތު

ނަންބަރ:IL-KPL/2024/011 

ތާރީޚް:03 ޖުލައި 2024

މަޤާމް

މެކޭނިކަލް ޓެކްނީޝިއަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

އަސާސީ މުސާރަ:

-/6,200ރ

އެހެނިހެން އިނާޔަތްތައް:

- -/4،000ރ އާއި -/7،000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފި ނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑިއާއި އެހެނިހެން އިނާޔަތްތައް ލިބިދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

- ގުޅުންހުރި ދާއިރާއަކުން، ޑިޕްލޮމާއެއް ހާޞިލުކޮއްފައިވުމާއިއެކު، ގުޅުންހުރި ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

- ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާޞިލު ކޮއްފައިވުން.

- ފުރިހަމަ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކު ކަމުގައިވުން.

- ވަޒީފާ ދިނުމުގައި މެކޭނިކަލް އިންޖިނިއަރިންގ އަދި މެނޭޖްމަންޓް ދާއިރާގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

  1.  ފްލީޓް ރިޕެއަރ އެންޑް މެއިންޓަނަންސް ޔުނިޓުގެ މަސައްކަތްތައް ރާވައި ހިންގުމަށް ޑިޕާޓްމަންޓް ހެޑަށް އެހީތެރިވުމާއި، އަދި އަމަލީގޮތުން މަސައްކަތުގައި ބައިވެރިވުން.
  2.  ފްލީޓް ރިޕެއަރ އެންޑް މެއިންޓަނަންސް ޔުނިޓްގެ އިދާރީ މަސައްކަތްކުރުމާއި، ޔުނިޓްގެ މުވައްޒަފުންނާއި ގުޅުންހުރި އެންމެހާ މަސައްކަތްކުރުން.
  3.  އުޅަނދުފަހަރު ރަނގަޅަށް ބެލެހެއްޓުމަށްޓަކައި ޕްރިވެންޓިވް މެއިންޓެނަންސް ޝެޑިއުލްހަދައި، އުޅަނދުތަކުގެ ކޮންޑިޝަނަލް އެސެސްމަންޓް ހަދައި އަދި އެކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވާ ހިންގުން.
  4. ބަނދަރު ސަރަހައްދުގައި ޤާއިމް ކުރެވިފައިވާ ފަޔަރ ފައިޓިންގް ސިސްޓަމަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި މަރާމާތުކޮށް ބެލެހެއްޓުން.
  5.  ކުންފުނީގެ އުޅަނދުތައް މަރާމާތު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް ރާވައި ހިންގުމާއި ބެލެހެއްޓުން.

މަޤާމް

އެސިސްޓެންޓް އެގްޒެކެޓިވް

ބޭނުންވާ އަދަދު:

01 (އެކެއް)

އަސާސީ މުސާރަ:

-/6،200ރ

އެހެނިހެން އިނާޔަތްތައް:

- -/4،000ރ އާއި -/7،000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ.

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފި ނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑިއާއި އެހެނިހެން އިނާޔަތްތައް ލިބިދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

- ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާއެއް ހާޞިލުކޮއްފައިވުމާއިއެކު، ގުޅުންހުރި ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ އުޅެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

- ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާޞިލު ކޮއްފައިވުން.

- ފުރިހަމަ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކު ކަމުގައިވުން.

- ވަޒީފާ ދިނުމުގައި ސިވިލް އިންޖިނިއަރިންގ ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

  1. ފެސިލިޓީސް މެއިންޓަނަންސް ޔުނިޓުގެ މަސައްކަތްތައް ރާވައި ހިންގުމަށް ޑިޕާޓްމަންޓް ހެޑަށް އެހީތެރިވުމާއި، އަމަލީގޮތުން މަސައްކަތުގައި ބައިވެރިވުން.
  2. ފެސިލިޓީސް މެއިންޓަނަންސް ޔުނިޓްގެ އިދާރީ މަސައްކަތްކުރުމާއި، ޔުނިޓްގެ މުވައްޒަފުންނާއި ގުޅުންހުރި އެންމެހާ މަސައްކަތްކުރުން.
  3.  ފެސިލިޓީސް ރަނގަޅަށް ބެލެހެއްޓުމަށްޓަކައި ޕްރިވެންޓިވް މެއިންޓެނަންސް ޝެޑިއުލްހަދައި، ފެސިލިޓީސްގެ ކޮންޑިޝަނަލް އެސެސްމަންޓް ހަދައި އަދި އެކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
  4.  ބަނދަރު ސަރަހައްދުގައި ޤާއިމް ކުރެވިފައިވާ ފަޔަރ ފައިޓިންގް ސިސްޓަމަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި މަރާމާތުކޮށް ބެލެހެއްޓުން.
  5.  ބަނދަރު ސަރަހައްދުގެ އިމާރާތްތަކުގައިވާ ފެންޕަމްޕްތަކާއި އެހެނިހެން އިލެކްޓްރިކަލް އެޕްލަޔަންސްތައް މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ރާވައި ހިންގުން.
  6.  ކުންފުނީގެ ފެސިލިޓީސް މަރާމާތު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް ރާވައި ހިންގުމާއި ބެލެހެއްޓުން.

ސުންގަޑި:

16 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން.

މަސައްކަތް ކުރަންޖެހޭ ތަން :

ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު / ހދ. ކުޅުދުއްފުށި

އެޕްލިކޭޝަން މެއިލް ކުރައްވާ ނަމަ:

[email protected]

އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށް އެދޭ ފޯމާއިއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެނަމާއި މަޤާމުގެނަން އަދި އައިޑީ ކާޑް ނަމްބަރު ހިމެނުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް (މި މަޤާމަށް އެދި ހުށަހަޅާ ފޯމް މިއޮފީހުން ލިބިވަޑައިގަންނަވާނެއެވެ.)

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއިއެކު)

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު:

https://shorturl.at/gjnAM

ހުށަހަޅަންޖެހޭ އޮފީސް:

ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު / ހދ. ކުޅުދުއްފުށި

އިތުރު މަޢުލޫމާތު: 6528558

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާތިލްކުރެވޭނެ އެވެ.

 

27 ޛުލްޙިއްޖާ 1445

03 ޖުލައި 2024

03 ޖުލައި 2024