ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)368-AS/368/2024/36
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 16:36
ސުންގަޑި: 11 ޖުލައި 2024 22:15
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.ދިއްގަރުން ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނަ ވަގުތު އިތުރުކުރުމާއި ގުޅޭ

މި އިދާރާގެ ނަންބަރު 368/368/2024/30(IUL) އާއި ގުޅިގެން ގޯއްޗަށް އެދޭ ފޯމު ބަލައިގަންނަ ވަގުތުތައް މިއަދުން ފެށިގެން ތިރީގައި މިވާ، ގޮތަށް ބަދަލުކޮށްފައިވާ ކަމުގައި ދަންނަވަމެވެ.

މުއްދަތު:

2024 ޖުލައި 11 ބުރާސްފަތި ދުވަހުގެ ނިޔަލަށް (ރަސްމީ ދުވަސްތައް އެކަނި)

ވަގުތު:

ހެނދުނު 9:30 އިން މެންދުރު 12:00 އަށް، އަދި

ރޭގަނޑު 8:45 އިން 10:15 އަށް

އަދި މި މުއްދަތުގައި މި އިދާރާގެ ކައުންޓަރުން ގޯއްޗަށް އެދޭ ފޯމު ލިބެން ހުންނާނެ ކަމުގައިވެސް ދަންނަވަމެވެ.

02 ޖުލައި 2024