ދިވެހިރާއްޖެ
| އިޢުލާނު 
 | |
| މަޤާމު: | ނޭޗަރ ޕާރކް ސެކިއުރިޓީ އޮފިސަރ | 
| ބޭނުންވާ އަދަދު: | 01 | 
| މަޤާމުގެ ގިންތި: | ކޮންޓްރެކްޓް (12 މަސްދުވަސް) | 
| މަޤާމުގެ ރޭންކު: | އެސް އެސް 3 | 
| މަޤާމުގެ ކްލެސިފިކޭޝަން: | ސަޕޯޓް ސްޓާފް ގްރޭޑް 3 | 
| ވަޒީފާ އަދާކުރަން ޖެހޭ ތަން: | ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ/ ތިނަދޫ ސިޓީ | 
| މުސާރަ: | 3,875/- (ތިންހާސް އަށްސަތޭކަ ހަތްދިހަ ފަހެއް ރުފިޔާ) | 
| ސަރވިސް އެލަވަންސް: | 1000/- (އެއްހާސް ރުފިޔާ) | 
| އެހެނިހެން އެލަވަންސް: | 1- ސަޕޯޓިންގ ކޯ އެލަވަންސް 1 ގެ ގޮތުގައި މަހަކު -/1200 ރުފިޔާ 2- ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ 3- ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން 4- މިނިމަމްވޭޖް އެލަވަންސް 1,696/- (އެއްހާސް ހަސަތޭކަ ނުވަދިހަ ހަރުފިޔާ) | 
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 1- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން. 2- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 3- ތިނަދޫ ނޭޗަރ ޕާރކްގެ ސެކިއުރިޓީ ބެލެހެއްޓުން. 4- ނޭޗަރ ޕާރކް ކުޅި އަދި އެހެނިހެން ކުޅިތަކާއި ތިނަދޫ ސިޓީގެ ގޮނޑުދޮށާއި އަތިރިމަތީގައި އުޅޭ އެކިބާވަތްތަކުގެ ދޫނި އަދި އެ ސަރަޙައްދުތަކަށް އަންނަ ޙިމާޔަތްކުރެވިފައިވާ ދޫނީގެ ބާވަތްތަކާއި ކޮމިޔުނިޓީ ދޫނި ޙިމާޔަތްކުރުމާއި ގުޅޭ މަސައްކަތްތައް ކުރުން. 5- ނޭޗަރ ޕާރކުގައި ދިރިއުޅޭ ދޫނި އަދި އެހެނިހެން ޖަނަވާރަށް ޤަވާޢިދުން ފީޑް ކުރުމާއި އެތަކެތި ބެލެހެއްޓުން. 6- ނޭޗަރ ޕާކުގެ އިންފްރާސްޓްރަކްޗަރއަށް ލިބޭ ގެއްލުންތައް ބަލައި މަރާމާތު ކުރުމަށް އިދާރާއަށް މަޢުލޫމާތު ދިނުން. 7- ނޭޗަރ ޕާރކުގެ ޤުދުރަތީ ވެށި (ކުޅީގެ ފެންގަނޑާއި ވަށައިގެން ގަސްހެދިފައި އޮންނަ ސަރަޙައްދު) ރަނގަޅަށް ބެލެހެއްޓުން. 8- ކައުންސިލްގެ އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތައްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. 9- ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތަކާ ހިންގާ އެކިއެކި ޕްރޮގްރާމާއި މުނާސަބަތްތައް ހިންގުމަށް ކައުންސިލުން އަންގައިފި ހިނދެއްގައި ފުރިހަމަޔަށް އެއްބާރުލުން ދިނުން. 10- ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާރތަކާއި، ކޮންފަރެންސްތަކާއި އަދި އެހެނިހެން އިވެންޓްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން. | 
| މަޤާމުގެ ޝަރުޠުތައް: | ލިޔަން ކިޔަން އެނގުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
 | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
 | 
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ޖުލައި 2024 ގެ 13:00 ގެ ކުރިން، ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
 | 
| ޝޯޓްލިސްޓުކުރުން: 
 | މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. 
 | 
| އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 16 ޖުލައި 2024 އާއި 22 ޖުލައި 2024 އާ ދެމެދު، ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ ގައެވެ. 
 | 
| "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން | އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. | 
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6841018 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. | |