ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)423/423/2024/46
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި: 11 ޖުލައި 2024 14:00
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރ

މި އިޢުލާންވަނީ 02 ޖުލައި 2024 13:00 ގައި ބާތިލް ކުރެވިފައެވެ.


މަޤާމު:

ޑްރައިވަރ

މަޤާމުގެ ނަންބަރު:

J-401092 ، J-401093

ބޭނުންވާ އަދަދު:

02

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު 3470.00/- ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1000/- ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ.
  3. ސަޕޯރޓިންގ ކޯ އެލަވަންސް ގެ ގޮތުގައި މަހަކު 1200.00 ރުފިޔާ
  4. ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެން މަދުން ލިބޭނަމަ އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސްގެ ގޮތުގައި ލިބިލައްވާ 613.00 ރުފިޔާ (މަހަކު)
  5. ސްޕެޝަލް ޑިއުޓީ އެލަވަންސް 1214.50 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒު ކުރުމާ ގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށާއި، ސްޕަވައިޒަރަށް ފުރިހަމައަށް ޖަވާބުދާރީވުން
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި މަގާމުގެ މަސްޢޫލިއްޔަތާއި ގުޅޭގޮތުން ކުރެވެންހުރި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތީން ކުރުން
  3. ވެހިކަލްގެ (ޕިކަޕް، ބަގީ ފަދަ) ދަތުރުތައް މިއިދާރާއިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
  4. ހަވާލުކުރެވިފައިވާ އުޅަނދު ފޮޅާ ސާފުކޮށް ބެލެހެއްޓުން، މަދުވެގެން ހަފްތާއަކު 3 ދުވަހު ފެނުންދޮވެ ސާފުކޮށް ބެލެހެއްޓުން
  5. މިއިދާރާއިން ޙަވާލުކުރެވިފައިވާ އެއްވެސް ވެހިކަލަކަށް ގެއްލުމެއް ލިބި ނުވަތަ މަރާމާތެއް ކުރަން ދިމާވެއްޖެނަމަ، ހަމަޖެހިފައިވާ ގޮތެއްގެ މަތިން އެއުޅަނދު މަރާމާތުކުރުމުގެ ކަންކަން ކަމާބެހޭ އިސްމުވައްޒަފަކާ ގުޅިގެން ކުރުން.
  6. ކުނިމެނޭޖްކުރުމަށް ކައުންސިލުން އެކުލަވާލާފައިވާ ގަވާޢިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މަސައްކަތް ކުރުން.
  7. ކައުންސިލުން އިންތިޒާމްކޮށްގެން ހިންގާ އެންމެހާ ޙަރަކާތްތަކެއްގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން.
  8. އޮފީހުގެ ދަތުރު ކަނޑައެޅިފައިވާ އޮންނަ ގަޑިއަކަށް ފަރުވާތެރިކަމާއެކު ކުރުން، އަދި ބަލިވުމުގެ ސަބަބުން އޮފީހަށް ޙާޒިރު ނުވެވިއްޖެނަމަ، ރިޕޯރޓް ކުރަންޖެހޭ ވެރިއަކަށް ރިޕޯރޓްކޮށް މަސައްކަތަށް ދަތި ނުވާ ގޮތަކަށް ކަންކަން ރޭވުން.
  9. ވެހިކަލް ދުއްވުމަށް ހަމަޖެހިފައިވާ ޤާނޫނާ ޤަވާއިދުން ވެހިކލް ދުއްވުމާއި، ޕާރކް ކުރުން.
  10. މަސައްކަތުގެ ދާއިރާއާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން

 

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަން ކިޔަން ދަންނަ މީހަކު ކަމުގައިވުން.
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސް (4 ފުރޮޅުލީ އެއްގަމު އުޅަނދު C1,C2 ކެޓަގަރީ) ސަނަދެއް ހާސިލްކޮށްފައިވުން.
  3. އުމުރުން 60 އަހަރު ފުރިފައިނުވާ މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން http://www.csc.gov.mv/download/2249) އަދި ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރ ހިމެނޭގޮތަށް)
  4. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. އެހެންތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އުޅެފައިވާ މުއްދަތު އެގޭގޮތަށް އެތަނެއްގެ ތައްގަނޑު ޖެހި ލިޔުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

-          ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ޖުލައި 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ސިޓީ ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،15 ޖުލައި 2024 އާއި 30 ޖުލައި 2024 އާ ދެމެދު، ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ ގައެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840004/6840032 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.  

02 ޖުލައި 2024