މަސައްކަތް
ނަންބަރު: (IUL)22-TF/1/2015/157
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2015
ޕަބްލިޝްކުރި ގަޑި: 10:16
ސުންގަޑި: 26 މޭ 2015 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެދުރުވެހި އިމާރާތުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ވިލިނގިލީއަވަށުގައި ހުރި އެދުރުވެހި އިމާރާތުގެ ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަމަށް ކުރެވުނު ނަންބަރު IUL)22-TF/1/2015/112)ފ(31 އެޕްރީލް 2015) އިޢުލާނަށް ހުށަހަޅާފައިވާ އަގުތަކަކީ އެކަށީގެންވާ އަގުތަކަކަށްނުވާތީ، މިމަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 26 މޭ 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާގެ 1 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު "މަސައްކަތްކުރުމަށް އެދި ހުށަހަޅުއްވާ ފަރާތުގެ މަޢުލޫމާތު ފޯމު" އާއެކު 31 މޭ 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާގެ 1 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 3341192 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

01 ޝަޢުބާން 1436     

19 މޭ 2015