ތަމްރީނު
ނަންބަރު: (IUL)30-TFSM/30/2024/86
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 12:23
ސުންގަޑި: 01 ސެޕްޓެންބަރު 2024 12:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހޯދަން އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

އިޢުލާން

ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހޯދަން އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

 

ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް

 (ޓްރާންސްފޯރމް) ޕްރޮޖެކްޓް (2024-2025) ގެ ސްކޮލަރޝިޕް

 

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާއި ގުޅިގެން ހިންގާ މަތީގައި ދަންނަވާފައިވާ ޕްރޮޖެކްޓުން ތިރީގައި ބަޔާންކުރެވިފައިވާ ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

މެރިކަލްޗަރ/މެރިންސައިންސް ގެ ދާއިރާ

ކޯހުގެ ލެވެލް:

ކޯހުގެ ދާއިރާތައް:

ކޯހުގެ ޢަދަދު:

މާރސްޓާސް ޑިގްރީ

މެރިން ސައިންސް

01

ބެޗްލަރސް ޑިގްރީ

އެކުއަކަލްޗަރ

02

ބެޗްލަރސް ޑިގްރީ

މެރިން ސައިންސް / މެރިން ބަޔޮލޮޖީ

02

ބެޗްލަރސް ޑިގްރީ

ވެޓެރިނަރީ ސައިންސް (އެކުއަރޓިކް )

01

 

ސްކޮލަރޝިޕްގެ ޝަރުތު ހަމަވާ ފަރާތްތައް:

މިސްކޮލަރޝިޕްތަކަށް ޝަރުތު ހަމަވާނީ ތިރީގައިވާ ލިޔުންތަކާއި އެކު ސްކޮލަރޝިޕަށް ހުށަހަޅާ އެޕްލިކޭޝަން ތަކެވެ.

 

މާރސްޓާސް ޑިގްރީ އެއްނަމަ

ކޯހުގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ އެއް ހާސިލުކުރައްވާފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކުރައްވާފައިވުން

ބެޗްލަރސް ޑިގްރީ އެއްނަމަ

ޖީ.ސީ.އީ އޯލެވެލްގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން  އަދި ޖީ.ސީ.އީ އޭލެވެލްގެ 03 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން 

  1.  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެޓެސްޓް ކުރަންޖެހޭ ލިޔުމެއް ނަމަ އެޓެސްޓް ކުރެވިފައިވާ ކޮޕީ)
  2.  ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).
  3.  IELTS އިން އޯވަރޯލް ސްކޯ 6.0 ނުވަތަ TOEFL ސްކޯ 550 އެއް ހާސިލުކުރައްވައިފައިވުން. 
  4.  މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.  
  5.  މިހާރު ހާސިލް ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް.
  6.  ސްކޮލަރޝިޕް ލިބިއްޖެ ނަމަ އެކޯސް ފުރިހަމަކުރުމަށްފަހު މިނިސްޓްރީގައި  ހިދްމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ. ވުމާއިއެކު އެހެން ޙިދުމަތުގެ ބޮންޑެއް އޮތްނަމަ  ބޮންޑުކުރި ތަނަކުން ބޮންޑު އެއްކޮށް ރިލީޒްކުރާނެ ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެއެވެ.
  7.  މިކޯސްތަކަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ގައި މަސައްކަތްކުރަމުންގެންދާ މުވައްޒަފުންނަށް އިސްކަންދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

ސްކޮލަރޝިޕް އަށް ހޮވޭ ދަރިވަރުން  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީ އަކުން އެކްސެޕްޓަންސް ހޯދުމަށް ބޭނުންވާ ލިޔުމެއް މިނިސްޓްރީން ފޯރުކޮށް ދެވޭނެއެވެ.

މި ކޯސްތަކަށް އެދިލައްވާ ފަރާތްތަކުން 01 ސެޕްޓެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، (ހ. ޕަލްމޭރާ، 3 ވަނަ ފަންގިފިލާ، ސޯސަން މަގު) ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން އާއިއެކި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3033484 ފޯނާއި ގުޅުއްވުން އެދެމެވެ.

 

25 ޛުލްޙިއްޖާ 1445

02  ޖުލައި 2024

02 ޖުލައި 2024