ބީލަން
ނަންބަރު: (IUL)GS63-AD/GS63/2024/30
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 11:26
ސުންގަޑި: 18 ޖުލައި 2024 11:00
ވޭމަންޑޫ ސްކޫލް/ ތ.ވޭމަންޑޫ
ދިވެހިރާއްޖެ
ވޭމަންޑޫ ސްކޫލްގެ މަރާމާތު މަސައްކަތް ކުރުން

ވޭމަންޑޫ ސްކޫލްގެ ކުރަންޖެހިފައި ހުރި ބައެއް މަރާމާތު މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލާ ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

  1. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 3 ޖުލައި 2024 ން 14 ޖުލައި 2024 ބަންދުނޫން ކޮންމެ ދުވަހަކު 12:00 އަށް މިސްކޫލަށް ވަޑައިގެން/ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
  2. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  14 ޖުލައި 2024 އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 15 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
  4. ބީލަން ހުޅުވުން އޮންނާނީ 18 ޖުލައި 2024 ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
  5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ވޭމަންޑޫ ސްކޫލް

ތ ވޭމަންޑޫ ،ދިވެހިރާއްޖެ

 

ފޯން: 6780564 / 7717564

އީ-މެއިލް: [email protected]

02 ޖުލައި 2024