ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ނަންބަރު : WAMCO-PRO/IUL/2024/043
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެލިމިޓެޑްއަށް ރީޓެއިނަރ އުސޫލުން ޤާނޫނީ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ރީޓެއިނަރ އުސޫލުން ޤާނޫނީ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި މި ކޯޕަރޭޝަނަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.
ތަފްސީލް |
ދުވަސް |
ގަޑި |
ތަން |
މައުލޫމާތު ސާފުކުރުން |
04 ޖުލައި 2024 (ބުރާސްފަތި) |
11:00 (ހެނދުނު) |
މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް |
ބީލަން ހުށަހެޅުން |
11 ޖުލައި 2024 (ބުރާސްފަތި) |
11:00 (ހެނދުނު) |
މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް |
11 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގެ ފަހުން ލިބޭ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.
ބީލަން ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރައްވާފައިވާ ފަދައިން ބައިންޑްކުރެވި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
އަންދާސީ ހިސާބާއި ބެހޭ އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ، 10 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކޯޕަރޭޝަންގެ އީމެއިލް [email protected] އަށް އެކަން ފޮނުއްވުން އެދެމެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އާއި މެންދުރު 15:00 އާއި ދޭތެރޭގައި އެ އީމެއިލް ތަކަށް ޖަވާބު އެރުވިގެންދާނެއެވެ. މި މަސައްކަތާއި ބެހޭ މަޢުލޫމާތު ކަރުދާސް މި ކޯޕަރޭޝަންގެ ވެބްސައިޓްގައި ޝާޢިއު ކުރެވިފައިވާނެއެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ
މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.
ޕޯސްޓަލްކޯޑް:20161
ފޯން ނަންބަރު: 3025804، 3000581, ފެކްސް ނަންބަރު:3000584
www.wamco.com.mv
02 ޖުލައި 2024